Roadha Mihaaru
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ބަންގްލަދޭޝްއަށް

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ބަންގްލަދޭޝްއަށް

21 ނޮވެމްބަރ 2021

ނައިބު ރައީސް ފައިސަލް ނަސީމް، ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނައިބު ރައީސް ފައިސަލް ނަސީމް، ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ވަޑައިގެންފި އެވެ.

އެ މަނިކުފާނަށް އެ ގައުމުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. އަބްދުލް ހާމިދާ ބައްދަލުކުރައްވާނެ އެވެ. އަދި ބަންގްލަދޭޝްގެ މިނިސްޓަރު އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓް އިމްރާން އަހުމަދާއި ބަންގްލަދޭޝްގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ދީޕޫ މޯނީއާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އޭޝިއާ ޕެސިފިކް ޔުނިވާސިޓީގެ އެކްޓިން ވައިސް ޗާންސެލަރާއި ސައުތް އީސްޓް އޭޝިއަން ފައުންޑޭޝަންގެ ޗެއާމަންގެ އިތުރުން ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވެސް ނައިބު ރައީސް ބައްދަލުކުރައްވާނެ އެވެ.

ތިން ދުވަހުގެ މި ދަތުރުފުޅަށް ފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.