20 ނޮވެމްބަރ 2021
ދިރިއުޅޭ ރަށުން ބޭރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް އަންނަ އަހަރު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދިރިއުޅޭ ރަށުން ބޭރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް އަންނަ އަހަރު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވުން ރައީސް ވިދާޅުވީ ގުރުއާނާއި ދީނީ އިލްމު މިހާރަށް ވުރެ ބޮޑަށް ރާއްޖޭގައި ފެތުރުމަށްޓަކައި މި ސަރުކާރުން ހާއްސަ އިސްކަމެއްދޭނެ ކަމަށެވެ. އަދި ހާޒިފުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމަކީ އޭގެ ތެރެއިން ކުރައްވާނެ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމަކީ ވަރަށް ތަނަސްވަން ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް ނަމަވެސް، ރާއްޖޭގައި އެ އިލްމުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭތަން އަދިވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ހަމައެކަނި ގުރުއާން ޓީޗަރުންނާއި ހާފިޒުންނާއި އަދި އިމާމުން އުފެއްދުމަށް ވުރެ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދައުރު ވެސް މިހާރު މާ ބޮޑަށް ފުޅާކުރަން ވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ގުރުއާނުގެ އިލްމުތައް ފެތުރުން. ގުރުއާނުގެ އިލްމީ ކަންޒުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދި ވާނީ ކީރިތި ގުރުއާނުގެ އިލްމީ ދިރާސާތައް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.
"މި ޒަމާނުގެ އިލްމީ ހޯދުންތައް ވެސް ކީރިތި ގުރުއާނުގެ އިލްމީ ހަގީގަތްތަކުން އިތުރު ފުރިހަމަ ވެގެންދާނެ ކަން ޔަގީން. އެހެންވީމަ، އަޅުގަނޑަށް ވިސްނޭ ގޮތުގައި މި މަރުކަޒުގެ ދައުރު މާ ބޮޑަށް ފުޅާވާން ޖެހޭ."
ގުރުއާނާ ބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ މި އިލްމުގެ ދާއިރާ ފުޅާ ކުރެވިގެން ކަމަށާއި މި ސަރުކާރުން ގުރުއާނާ ބެހޭ މަރުކަޒު މިހާރު ވުރެ ކުރިއަރުވައި، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަގީން ވެސް ރައީސް ދެއްވި އެވެ.
އައިޔޫއެމްގައި ހިފުޒު ކޯސް ކުރިއަށް ގެންދާނެ: ޝަހީމް
ހާފިޒުންނާ ގުޅޭ ހުރިހާ ކަމެއް ގުރުއާނާ ބެހޭ މަރުކަޒަށް
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް
އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރައްވައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅަކަށް
"ވެރިކަން ބަދަލުވުން އޮމާންކަމާ އެކު ދަނީ މިފަހަރު"
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް