18 ނޮވެމްބަރ 2021
މާހަލް ޓުއާސްއިން ރިހިވެލި ރިޒޯޓު ހިންގާ ކ. މަހާނައެޅިހުރާ، ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ސަބްލީޒް ކުރި އެއްބަސްވުނ ބާތިލު ކުރި މައްސަލަ ބަލައިނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެނުދޭން ހައި ކޯޓުން ނިންމައިފި އެވެ.
މާހަލް ޓުއާސްއިން ރިހިވެލި ރިޒޯޓު ހިންގާ ކ. މަހާނައެޅިހުރާ، ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ސަބްލީޒް ކުރި އެއްބަސްވުނ ބާތިލު ކުރި މައްސަލަ ބަލައިނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެނުދޭން ހައި ކޯޓުން ނިންމައިފި އެވެ.
މާހަލްއިން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ރަށް ސަބްލީޒް ކުރި ނަމަވެސް، ސަބްލީޒް ކުލި ނުދައްކާ ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އެ ކުންފުނިން ވަނީ ސަބްލީޒް އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެކަން ކުރީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމަށް ބުނެ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފްރާންސްގެ ހިއްސާދާރުންގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމީ އެއްބަސްވުން ބާތިލު ކުރުމުގައި ގޯހެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ފްރާންސްގެ ހިއްސާދާރުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލަ ނިމެންދެން ރަށް އަތުނުލެވޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެން އެދުނު ނަމަވެސް އިއްޔެ ހައި ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެނުދޭށެވެ.
އެ މައްސަލައިގައި ހައި ކޯޓުން ނެރުނު ނިންމުމުގައި ބުރަވީ އެފަދަ އަމުރެއް ނެރެފި ނަމަ މާހަލްއިން ދައުލަތަށް ދައްކަން ޖެހޭ ކުލި ނުދެއްކި ރަށް ދައުލަތުން އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނާ ބުނުމަށެވެ. އެހެން ވެއްޖެ ނަމަ މި މައްސަލަ ދެ ފަރާތުން ކޮންމެ ފަރާތަކަށް މޮޅުވިޔަސް ސަބްލީޒް ކުރާނެ ރަށެއް ނޯންނާނެ އެވެ.
އެހެންކަމުން، ހައި ކޯޓުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެފަދަ އަމުރެއް ނެރެނުދިނުމަކީ ދެ ފަރާތުގެ މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
ސޭވް ޑަ ޑްރީމް މޯލްޑިވްސް އަކީ ގިނަ ދުވަސްތަކެއް ވަންދެން ރިހިވެއްޔަށް ޒިޔާރަތް ކުރި ފްރާންސްގެ ފަތުރުވެރިންތަކެއް ވެގެން އުފެއްދި ސޭވް ދަ ޑްރީމް ކިޔާ ކުންފުންޏަކާއި މާހަލްގެ ހިއްސާދާރެއްގެ 50-50 ހިއްސާ އޮންނަ ގޮތަށް ހެދި "ސޭވް ދަ ޑްރީމް މޯލްޑިވްސް" ކިޔާ ކުންފުންޏާ އެވެ.
ފްރާންސްގެ ހިއްސާދާރުން ކުންފުނީގެ އެކައުންޓަށް ޖަމާކުރި ގިނަ އަދަދެއްގެ ފައިސާތަކެއް ސޭވް ދަ ޑްރީމްގެ ދިވެހި ހިއްސާދާރު އެކައުންޓުން ނެގުމަށްފަހު އަނބުރާ ނުދައްކާ ކަމަށް ފްރާންސްގެ ހިއްސާދާރުން ތުހުމަތު ކުރެ އެވެ. އެކަމަކު، މިކަން ކޯޓެއްގައި ސާބިތެއް ނުވެ އެވެ. ސަބްލީޒް އެއްބަސްވުން ބާތިލު ކުރީ މި ދެބަސްވުން ވެސް ބޮޑުވެފައި ވަނިކޮށެވެ.
ސަބްލީޒް ބާތިލު ކުރި މައްސަލަ މިހާރު ހައި ކޯޓުގައި ހިނގަމުންދާއިރު، ރިހިވެލި ހިންގުން އެހެން ބަޔަކާ މާހަލްއިން ވަނީ ހަވާލުކޮށްފަ އެވެ. މިހާރު ކޮޓަރިތައް މަރާމާތުކޮށް ފަތުރުވެރިންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.
ރިހިވެލީގެ ސަބްލީޒް: ފްރާންސް މީހުންނަށް ނާކާމިޔާބު
މަރާމާތަށް ފަހު ރިހިވެލި ރިސޯޓު ހުޅުވައިފި
ރިހިވެލީގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ރިހިވެލީގެ ސަބް ލީސް ބާތިލްކުރީ ރަނގަޅަށް: ހައި ކޯޓް
ތިނަދޫ މައްސަލަ ދުލެއްނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ
ތިނަދޫގެ ސިޓީގެ ދަރަޖައާ ގުޅޭ މައްސަަލަ ބޭރުކޮށްލައިފި
"ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ދަނީ ބަދަލުވަމުން"
ޖިހާދުގެ މައްސަލަ ހައި ކޯޓުން އެންމެފަހުން ބަލައިގެންފި
ޖެނިފާއަށް ވަޒީފާ ދިނުން ހައި ކޯޓުން ހުއްޓުވައިފި
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް