ވިހެއުމުގެ ޗުއްޓީގައި ހުރި މުވައްޒަފަކަށް މުސާރަ ނުދިނުމުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމި މައްސަލައެއް ނަދާ ސެލޫން އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
21 އޯގަސްޓް 2025
ވިހެއުމުގެ ޗުއްޓީގައި ހުރި މުވައްޒަފަކަށް މުސާރަ ނުދިނުމުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމި މައްސަލައެއް ނަދާ ސެލޫން އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ނަދާ ސެލޫން ހިންގާ ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފަކު މައްސަލަ ހުށަހެޅީ އޭނާ ވިހެއުމުގެ ސަބަބުން ލިބުނު ޗުއްޓީގައި، މުސާރަ ދީފައިނުވާތީ އެވެ.
އޭނާ ވަނީ އަހަރީ ޗުއްޓީގައި ހުރުމަށް ފަހު، ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ތިން މަހަށް ދޭން އެދިފަ އެެވެ. ނަމަވެސް، އެ ތިން މަހުގެ މުސާރަ އޭނާއަކަށް ނުދެ އެވެ. އެހެންވެ، އޭނާ އެ ވަޒީފާއިން އަމިއްލައަށް ވަކިވެ، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ އެވެ.
ވިހެއުމާ ގުޅިގެން ތިން މަސް ދުވަހުގެ ޗުއްޓީ ކޮންމެ އަންހެން މުވައްޒަފަކަށް ވެސް ލިބެން ވާނެ ކަމަށް ވާޒީފާއާ ބެހޭ ގާނޫނުގައި އޮވެ އެވެ. ނަދާ ސެލޫންއާ ދެކޮޅަށް ޓްރައިބިއުނަލަށް މުވައްޒަފު ހުށަހެޅި މައްސަލައިގެ އަޑުއެހުންތަކަށް އެ ސެލޫންގެ ފަރާތުން ހާޒިރުވެ، ޖަވާބުދާރީއެއް ނުވެ އެވެ.
މި މައްސަލާގައި ޓްރައިބިއުނަލުން މި އަހަރުގެ މާޗް މަހު ނިންމާފައިވަނީ މުވައްޒަފު ވިހެއުމުގެ ޗުއްޓީގައި ހުރި މުއްދަތުގައި މުސާރަ ނުދޭން ސެލޫން އިން ނިންމާފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިވެފައިވަނީ މަގުބޫލެއް ސަބަބެއް ނެތި، އެ ވަޒީފާއިން ވަކިވާން އޭނާއަށް މަޖުބޫރުކޮށްގެން ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އަދި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބަލައި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫއަކުރަން ވެސް އަމުރުކޮށްފައިވެ އެވެ.
އެހެންވެ، ޗުއްޓީގެ ތިން މަހުގެ މުސާރަ ކަމަށްވާ 48،600 ރުފިޔާ މުވައްޒަފަށް ދިނުމަށާއި އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލުގެ ގޮތުގައި 97،200 ރުފިޔާ ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.
އޭގެއިތުރުން މައްސަލަ ހުށަހެޅުމަށް ގާނޫނީ ހިދުމަތް ހޯދުމަށް ހޭދަވި 35،000 ރުފިޔާ އާއި ރޯދަ މަހުގެ އެލެވެންސް ކަމަށްވާ 3،000 ރުފިޔާ އާއި ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި 3،000 ރުފިޔާ ދޭން ވެސް ސެލޫންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައި ކޯޓުގައި މިދިޔަ ޖޫން މަހު ވަނީ އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ގޮތެއް ނިންމާފައިވާ ކަން ވެބްސައިޓުން އެނގޭކަށް ނެތެވެ.
ޔާމީނަށް ބަދަލު ދޭން އެންގި ނިންމުން އިސްތިއުނާފަށް
ވަޒީފާގެ އެއްބަސްވުމުގައި ނެތަސް، ގާނޫނީ ހަރަދު ލިބޭނެ
ޖެނިފާއަށް ވަޒީފާ ދިނުން ހައި ކޯޓުން ހުއްޓުވައިފި
ޖެނިފާއަށް ވަޒީފާދޭން އެންގުމުން ހައި ކޯޓަށް
އޭސީސީން މުވައްޒަފަކަށް ފިޔަވަޅު އެޅީ ގޯސްކޮށް:ހައިކޯޓް
ތެލުގެ ހިޔާނާތުގައި ކަނޑާލި މީހަކަށް ބަދަލުގައި 1ރ.
މުސާރައިގެ ކުރިއެރުން ނުދޭ މައްސަލަ ހައި ކޯޓަށް
ނުވަ އަހަރުގެ ސަސްޕެންޝަނަށް ފައިސާ ދިނުން ހުއްޓުވައިފި
ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާދޭންޖެހޭނެ
ޕެންޝަނަށް ސީއީއޯ ނެގުން ހުއްޓުވި މައްސަލަ ބަލައިނުގަތް