19 ނޮވެމްބަރ 2024
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އޭނާ އަށް ވަޒީފާ އާއި ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އޭނާ އަށް ވަޒީފާ އާއި ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ހައި ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން އައިއޭއެސް އިން ޖެނިފާގެ ވަޒީފާގެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ނިންމައިގެންނެވެ.
އެ މައްސަލަ ޖެނިފާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލުން ނިންމީ ޖެނިފާ މަގާމުން ވަކިކުރީ ވަޒީފާ އިން ވަކިކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށާއި އޭނާ ވަކިކުރީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ. އެހެންވެ، އޭނާ އަށް އަލުން ވަޒީފާ ދިނުމަށާއި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް ދޭން ޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރަ އާއި އިނާޔަތްތަކަށް ވާ 56،000 އަށް ވުރެ ގިނަ ރުފިޔާ ޖެނިފާ އަށް ދޭންޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި އަންގާފައިވަނީ އެ ނިންމުން އެއް މަސް ދުވަސް ތެރޭގައި ތަންފީޒު ކުރުމަށް ފަހު، ޓްރައިބިއުނަލަށް އެކަން އެންގުމަށެވެ.
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
އޭސީސީން މުވައްޒަފަކަށް ފިޔަވަޅު އެޅީ ގޯސްކޮށް:ހައިކޯޓް
މައްސަލަ ހައްލުކުރަން ހުށަހެޅީ ކުރީ ސަރުކާރުން: އަމީން
ދެ މިލިއަންގެ ބަދަލެއްދީ އަމީންގެ މައްސަލަ ނިންމައިފި
ތެލުގެ ހިޔާނާތުގައި ކަނޑާލި މީހަކަށް ބަދަލުގައި 1ރ.
މުސާރައިގެ ކުރިއެރުން ނުދޭ މައްސަލަ ހައި ކޯޓަށް
އަމީނަށް ވަޒީފާ ދިނުން މަޑުޖައްސަން ކޯޓުން އަމުރުކޮށްފި
ނުވަ އަހަރުގެ ސަސްޕެންޝަނަށް ފައިސާ ދިނުން ހުއްޓުވައިފި
އަމީނަށް އަލުން ވަޒީފާދޭން ކުރި ހުކުމް އިސްތިއުނާފަށް
ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާދޭންޖެހޭނެ