މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުންނަށް ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ކަރެކްޝަނަލް ސާވިސްއާ އެކު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ސޮއިކޮށްފި އެވެ.
18 ނޮވެމްބަރ 2021
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުންނަށް ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ކަރެކްޝަނަލް ސާވިސްއާ އެކު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއް އަހަރު ދުވަހަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އަދި އެންޑީއޭގެ ވަގުތީ ސީއީއޯ މުހައްމަދު ރަމީޒު ވަނީ ސޮއިކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ އެކަމަށް ހާއްސަކޮށް ތަމްރީނުކުރާ ކަރެކްޝަންސްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކައުންސިލަރުންނާއި ކޭސްވޯކަރު އަދި ޕްރިޒަން އޮފިސަރުންނެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން، ފަރުވާ ހޯދަން ޑްރަގް ކޯޓުން އަމުރު ނެރޭ ހިސާބުން އެ އަމުރެއް ހިނގަން ފަށާނެ އެވެ. ނަމަވެސް ފަރުވާ ނުފެށި ލަސްވާ ނަމަ، ތިން އަހަރުގެ ޓާމިނޭޓް ހުކުމް ތަންފީޒުކުރެ އެވެ.
ޖަލުގައި ރެސިޑެންޝަލް ފަރުވާ ފުރިހަމަކުރުމަށް ފަހު ގައިދީން އާފްޓަކެއާ ޕްރޮގްރާމުގައި ބައިވެރިކުރާނެ އެވެ. އެ ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށްޓަކައި ޑޭޓާ އެއްކުރުމާއި އެ ޑޭޓާގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުތައް ގެނެސް، މުޖުތަމައު އަށް ނުކުންނަ މީހުން މޮނިޓާ ކުރާނެ އުސޫލުތައް ކަނޑައެޅުމަށް ވެސް ބާރުއަޅާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ގައިދީންނަށް ރިހެބިލިޓޭޝަން ފަރުވާ ފެށިއިރު، ޖަލުތަކުގައި މިހާރު ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ މީހުންނެވެ. އެގޮތުން، މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަލަށް ހުކުމްކޮށްގެން 184 މީހަކު ޖަލުގައި ބަންދުކޮށްފައިވެ އެވެ.
ނަމަވެސް އެކަމުން ސަލާމަތްވުމަށް އެ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް އެންޑީއޭ އަދި ކަރެކްޝަންސް އިން ވެސް މީގެ ކުރިން ބުނެފައިވެ އެވެ.
އެހެންވެ، ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ފެށުމަކީ އެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން އިސްލާހުކޮށް، ހުކުމް ތަންފީޒުކޮށް ނިމޭއިރު ރަނގަޅު މީހުންގެ ގޮތުގައި މުޖުތަމައަށް ދޫކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މަގުމަތީގައި ނިދުމުގެ ބޭނުމެއް ނެތް، ފަރުވާ އަށް ދޭ!
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
ގޮންޖެހުން ބޮޑު، އިމާދުގެ އަޒުމަކީ އެންޑީއޭ ބަދަލުވުން
ބަދަލުތަކެއް ގެންނާނެ ހާފްވޭ ހައުސް ހުޅުވައިފި
ބޮޑު މުސާރައާއެކު ސީއީއޯގެ މަގާމަށް 12 މީހަކު!
ހުޅުމާލޭގެ ހާފްވޭ ހައުސް އަލުން ހުޅުވަން ތައްޔާރުވަނީ
މުސާރަ ބޮޑުކޮށް އެންޑީއޭ ސީއީއޯ މަގާމަށް އިއުލާނުކޮށްފި
އެންޑީއޭގެ ސީއީއޯއެއް ނެތި އަހަރެއް، ޝަކުވާއަކީ މުސާރަ
އަތޮޅުތެރޭގެ ފުރަތަމަ ޑްރަގް ރިހެބް ސެންޓަރު އައްޑޫގައި
އެންޑީއޭ އަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފި