27 ސެޕްޓެމްބަރ 2022
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާފައިވާ ހާފްވޭ ހައުސް އަލުން ހުޅުވުމަށް ތައްޔާރުވާން ފަށައިފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާފައިވާ ހާފްވޭ ހައުސް އަލުން ހުޅުވުމަށް ތައްޔާރުވާން ފަށައިފި އެވެ.
އެކަމަކު، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބޭތީ އެތަން ހުޅުވާ ތާރީހު ޔަގީން ނުވި އެވެ.
އެ އިދާރާ އިން އިއްޔެ ވަނީ އެ ތަން އަލުން ހުޅުވުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ. މިދިޔަ ޖޫން މަހު ވެސް އެ އިއުލާންކުރުމަށް ފަހު، ފަހުން ވަނީ ބާތިލުކޮށްފަ އެވެ.
ތަކެތި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރެއްގެ ކުރިން ފޯމު ހުށަހަޅަން އެންޑީއޭ އިން އެދެ އެވެ.
ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އަށް ނައިބް ރައީސް ފައިސަލް ނަސީމް 2019 ގައި ވަޑައިގެންނެވިއިރު އެތަނުގެ އެތެރޭގައި ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ރައީސް އޮފީސް
އިއުލާންގައި ހިމަނާފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ހާފްވޭ ހައުސް އަށް ހޯދަނީ އިމާރާތަށް ބޭނުންވާ އެކި ސާމާނެވެ. އޭގެ ތެރޭގައި ސްޓޭޝަނަރީ އާއި އެކި ވައްތަރުގެ ލައިޓާއި އިމާރާތް ސާފުކުރުމަށް ބޭނުންވާ ސާމާނާއި ގޮނޑި އާއި މޭޒޭއި ކަބަޑާއި ކޮމްޕިއުޓަރު ސިސްޓަމާއި އެކި ވައްތަރުގެ ޓެކްނޮލޮޖީގެ އާލަތްތަކާއި އަދިވެސް ހިފައިގެންގުޅޭ އެކި ސާމާނެވެ.
ހާފްވޭ ހައުސްއާ އެކު އެންޑީއޭ އިން މި ވަގުތު ޑްރަގް ފަރުވާދޭ ހަ މަރުކަޒެއް ބަލަހައްޓަ އެވެ. އެއީ ހދ. ހަނިމާދު އާއި ކ. ހިންމަފުށްޓާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި ސ. ހިތަދޫގައި ހުންނަ މަރުކަޒެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް މި ވަގުތު ހިންގަމުން އަންނަނީ ހަމައެކަނި އެންޑީއޭއިންނެވެ. އެއާއެކު، ފަރުވާ ހޯދުމަށް ދިގު ކިއުއެއް އޮންނަކަމުގެ ޝަކުވާ އާއި އެ އެޖެންސީން ދޭ ފަރުވާ ރަނގަޅު ނޫން ކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު، ޑްރަގް ފަރުވާދޭ މަރުކަޒުތައް ހަދަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ވެސް މިދިޔަ އަހަރު އެ ފުރުސަތު ހުޅުވާލި އެވެ.
ހުޅުމާލޭގައި ހާފްވޭ ހައުސް ހުޅުވީ ޖުލައި، 15 2015ގަ އެވެ. އެއީ އިޓަލީގެ ޖަމިއްޔާއެއް ކަމަށްވާ "ކަރިޓާސް އިޓަލިޔާނާ"ގެ އެހީގައި ހެދި މަރުކަޒެކެވެ. ކޮވިޑް-19 ފެތުރިފައި ވަނިކޮށް، އެ މަރުކަޒު ބަންދުކުރީ މަރާމާތުކުރަން ޖެހިގެންނެވެ.
ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި
އަތޮޅުތެރޭގެ ފުރަތަމަ ޑްރަގް ރިހެބް ސެންޓަރު އައްޑޫގައި
އެންޑީއޭ އިސްލާހުކުރަން ބޮޑެތި ހުށަހެޅުންތަކެއް
މަގުމަތީގައި ނިދުމުގެ ބޭނުމެއް ނެތް، ފަރުވާ އަށް ދޭ!
ރިހެބަށް މެތަޑޯން ކުރިއަށް ގެންދެވޭ ގޮތަށް ހަދަނީ
ތިން އަތޮޅެއްގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހަދަނީ
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން ހުޅުވާލައިފި
ގޮންޖެހުން ބޮޑު، އިމާދުގެ އަޒުމަކީ އެންޑީއޭ ބަދަލުވުން
ބަދަލުތަކެއް ގެންނާނެ ހާފްވޭ ހައުސް ހުޅުވައިފި
ބޮޑު މުސާރައާއެކު ސީއީއޯގެ މަގާމަށް 12 މީހަކު!