24 މާޗް 2024
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ބައެއް ގައުމުތަކުގައި ދޭ ފަރުވާ، "މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރިހަބަށް ނުގޮސް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ބައެއް ގައުމުތަކުގައި ދޭ ފަރުވާ، "މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރިހަބަށް ނުގޮސް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި މި ފަހަރު އެ މަނިކުފާނުގެ އަރިހުން މީހަކު އެދުނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާގައި ތިބޭ އިރު ވެސް، ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ހުކުމް ކޮށްފި ނަމަ ފަރުވާގައި ހުންނަ މީހާ ވެސް ވަޒީފާގައި ހުރުމަށް ފަހު، ރިހެބަށް ދާން ޖެހޭތީ އެ މައްސަލަ ހައްލުކޮށް ދިނުމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީ އާއި ސަރުކާރުގެ މުއައްސަސާތަކާ އެކީގައި ވާހަކަ ދެއްކުމަށް ފަހު، ފަރުވާ އެކީ ނިންމޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) March 24, 2024
24 މާރިޗް 2024
ރައީސުލްޖުމްހޫރިއްޔާ މިއަދު ޖަވާބުދެއްވީ، މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރެއްވި 2 ވަނަ ސުވާލަށް. އެއީ މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން، އެ ފަރުވާ ފުރިހަމަކުރަން ފުރުޞަތު ދިނުމާ ބެހޭ ސުވާލެއް. pic.twitter.com/2MeEA4VZFV
"މިހާރަށް ވުރެ އެކަން ހަރުދަނާކޮށް އެކަމުގެ ޓްރީޓްމެންޓް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ހަމަޖައްސަވާނެ،" ރައީސް ވިދާޅުވި އެވެ.
"މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރާއްޖޭގައި ދިނުން ހުއްޓާލާފައި އޮންނަތާ ގިނަ އަަހަރުތަކަކަށް ފަހު، އެ ފަރުވާ އަލުން ދޭން ފެށީ 2020 ވަނަ އަހަރު އެވެ.
އެންޑީއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި ކިޔުގައި އެބަ ތިއްބެވެ.
ތިން އަތޮޅެއްގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހަދަނީ
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން ހުޅުވާލައިފި
ޑްރަގްގެ މައްސަލަ ބަލަނީ ގައުމީ ސަލާމަތާ ގުޅޭ ކަމަކަށް
ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި
ހުޅުމާލޭގެ ހާފްވޭ ހައުސް އަލުން ހުޅުވަން ތައްޔާރުވަނީ
ފެއިލްވަމުންދާ ޑްރަގް ފަރުވާ، މިފަހަރު ކިހިނެއް ވާނެ؟
ފަރުވާގެ ނިޒާމް ފެއިލްވެ ބޮއްސުންލައިފައި!
އަތޮޅުތެރޭގެ ފުރަތަމަ ޑްރަގް ރިހެބް ސެންޓަރު އައްޑޫގައި
ގައިދީންނަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
އެންޑީއޭ އިސްލާހުކުރަން ބޮޑެތި ހުށަހެޅުންތަކެއް