14 ޑިސެމްބަރ 2023
ޑްރަގާ ގުޅޭގޮތުން މި ސަރުކާރުން ދެކެނީ، ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ޑްރަގާ ގުޅޭގޮތުން މި ސަރުކާރުން ދެކެނީ، ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭގޮތުން ދުނިޔޭގެ ޖަމާއަތްތަކުން ގަބޫލުކުރަނީ އެއީ ސިއްހީ މައްސަލައެއްގެ ގޮތުގަ އެވެ. އެކަމާ ގުޅިގެން، ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ވެސް، ކުރީގެ ސަރުކާރުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.
ނަމަވެސް، މި ސަރުކާރުގެ އޮނިގަނޑުތައް ބަހާލާފައިވާ ގޮތުން، އެންޑީއޭ ގެނެސްފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން، ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ކުރީގައި ވެސް އަދި މިހާރު ވެސް ސަމާލުކަން ދެނީ ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ކަމަށެވެ.
އެކަމަކު، އެ މައްސަލައާ މެދު މި ސަރުކާރުގެ ވިސްނުމަކީ، ފިރުޒުލް ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށް ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ނޭޝަން ސެކިއުރިޓީ ފަސްޓް އިޝޫއެކޭ މި ކަމަކީ. މިކަން ހުއްޓުވުމުގައި ވަށައިޖެހޭ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓޭ. އެއް ކަމަކަށް، މަސްތުވާތަކެތި ރާއްޖެ އަށް އެތެރެވާ ދިމާތައް ހުއްޓުވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ. ހަމަ އެއާއެކު އެކީގައި، ކުރިއްސުރެ ވެސް ފަރުވާ އަށް އޮތް ސަމާލުކަން އެ އަށް ވުރެ އިތުރަށް އިތުރު ކޮށްގެން މަސައްކަތްތައް ކުރެވިގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.
"އޭގެ މާނައަކީ އެއްވެސް ހާލެއްގައި ފަރުވާއަށާއި މުޖުތަމައުއަށް އަނބުރާ ގެންނަންޖެހޭ ފަރާތްތައް ގެނައުމަށް އޮތް ފޯކަސް ބަދަލުވެގެން ދިއެކޭ ނޫން، އެކަން އިތުރުވެގެން މި ދިޔައީ. އެކަން ހަރުދަނާކޮށް ކުރެވިގެންދާއިރު، މި މުޅި މައްސަލައަކީ އޭގެ ޒާތުގައި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށް ދެކިގެން، އެ ނަޒަރުން ފުރަތަމަ ކަމެއްގެ ގޮތުގައި އެޑްރެސް ކުރެވިގެން ދާދިއުން."
ފިރުޒުލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އިގުތިސޯދީ ގޮތުންނާއި ތަފާތު ދިމާތަކުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުން ބަދަލުކުރުމުން އެ ހުރިހާ ކަމަކަށް އެޑްރެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ ފަރުވާއަށް ޑްރަގް ކޯޓުން ހުކުމް ކުރިއަސް، ފަރުވާ ނުފެށި ތިބި 700 މީހުންނަށް އަމާޒުކޮށް "އޮޕަރޭޝަން ފަނާރު" ގެ ނަމުގައި ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. ފިރުޒުލް ވިދާޅުވީ އެ އޮޕަރޭޝަންގެ ދަށުން އެ އެންމެންނަށް ފަރުވާއަށް ވާސިލްވާނެ ކަމަށެވެ.
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ސަލާންޖަހާ މީހުން ފަރުވާ އަށް ބަންދުކުރަނީ
ޑްރަގު ފަރުވާ ނިންމާ މީހުންނަށް ވަޒީފާ ހޯދަން އެހީވާން އެދިއްޖެ
ނުރައްކާތެރި ޑްރަގެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ
ރިހެބަށް މެތަޑޯން ކުރިއަށް ގެންދެވޭ ގޮތަށް ހަދަނީ
ގައިދީންނަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
ޑްރަގް ބޭނުންކުރާ ކުޑަކުދިންގެ ހާއްސަ ފަރުވާ ފަށައިފި
ޑްރަގް ނަގާ ކުދިންގެ ފަރުވާ އަންގާރަ ދުވަހު ފަށަނީ
މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދެނީ
ރިހެބިލިޓޭޝަން މުއްދަތު ހުކުމުން އުނިކުރަން ނިންމައިފި