Roadha Mihaaru
ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ތޯއިފު ހޯދައިފި

ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ތޯއިފު ހޯދައިފި

15 ނޮވެމްބަރ 2021

ފައިނަލްގައި ނިބާލް އަހުމަދުގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަހްމަދު ތޯއިފު މުހައްމަދު ރޭ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފައިނަލްގައި ނިބާލް އަހުމަދުގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަހްމަދު ތޯއިފު މުހައްމަދު ރޭ ހޯދައިފި އެވެ.

އޭނާ މެޗު ކާމިޔާބު ކުރީ 11-21، 23-21، 21-18 އިންނެވެ. ޖެހިޖެހިގެން ތިންވަނަ ފައިނަލަށް ނުކުތް ނިބާލް އަހުމަދަށް ވީ ދެރަ ގޮތެކެވެ. ފުރަތަމަ ސެޓް ކާމިޔާބުކޮށް، ދެ ވަނަ ސެޓްގެ ގޭމް ނިންމަން އެންމެ ޕޮއިންޓަކަށް ވެފައި އޮއްވައި ނިބާލްގެ އަތުން މެޗު ގެއްލިދާނެ ކަމަށް ހީނުކުރެވުނަސް ކުރިމަތިވި އަނިޔާއަކާ ގުޅިގެން އޭނާ އަށް އެންމެ ރަނގަޅަށް ނުކުޅެވުނީ އެވެ. އަނިޔާގައި ހުރެ ވެސް ނިބާލް ވަނީ އޭނާގެ ސްޕޯޓްސްމަންޝިޕް ދައްކައި ދީފަ އެވެ. މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދޫނުދީ ކުޅެ، ފަހު ސެޓްގައި ނިބާލް ވަނީ ތޯއިފް ފަހަތުގައި ވިއްދައިފަ އެވެ.

ތޯއިފް އޭނާގެ އާއިލާއާއކެު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ތޯއިފް އޭނާގެ އާއިލާއާއކެު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިންގަލްސް ފައިނަލުގައި ކާމިޔާބު ހޯދުނަސް ޑަބަލްސް ފައިނަލުގައި ތޯއިފާއި އަހްމަދު ވަސީމްގެ ޕެއާ އަށް ކާމިޔާބެއް ނުހޯދުނެވެ. ޑަބަލްސް ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަކޮށް ހަސަން އަފްޝީން ޝަހީމާއި މުހައްމަދު ހިޝާމް ލަތީފްގެ ޕެއާ ކާމިޔާބު ހޯދީ 21-17، 19-21، 21-12 އިންނެވެ.

ތޯއިފް ފައިނަލަށް ދަތުރުކުރީ އޭނާގެ ކްލަބު، ރިވައިވަލް ސްޕޯޓްސްގެ މުހައްމަދު ޒަޔާން ޒަކީ ބަލި ކުރުމަށް ފަހު އެވެ. ޒަޔާން ވަނީ މިކްސް ޑަބަލްސްގައި ފާތިމަތު ނަބާހާއާއެކު އެ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިން ވާދަކުރީ މުހައްމަދު ހިޝާމާއި މައިސާ ފަތުހުﷲގެ ޕެއާއާ ދެކޮޅަށެވެ. ޒަޔާން އާއި ނަބާހާ މެޗު ކާމިޔާބުކުރީ 21-14 އަދި 21-9 އިންނެވެ.