13 ނޮވެމްބަރ 2021
ސަޕޯޓަރުން ކެތްތެރިވެ އޭނާގެ މަސައްކަތަށް ވަގުތު ދިނުމަށް އެދޭ ކަމަށާއި އޭރުން ދިވެހި ޓީމަށް ރަނގަޅު ބަދަލެއް ގެންނާނެ ކަމަށް، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ސަޕޯޓަރުން ކެތްތެރިވެ އޭނާގެ މަސައްކަތަށް ވަގުތު ދިނުމަށް އެދޭ ކަމަށާއި އޭރުން ދިވެހި ޓީމަށް ރަނގަޅު ބަދަލެއް ގެންނާނެ ކަމަށް، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި މިއަދު ބަންގްލަދޭޝް އަތުން ބަލިވެ މޮރިއޭރޯ އާއި ދިވެހި ޓީމަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. އެކަމަކު ދިވެހި ސަޕޯޓަރުންގެ ކިބައިން މޮރިއޭރޯ އެދުނީ ކެތްތެރިވުމަށެވެ. ރާއްޖޭގެ ޓީމާ އެކު އޭނާ އަށް މަސައްކަތް ކުރަން ފުރުސަތު ލިބުނީ ކުރު މުއްދަތެއްގައި ކަމަށާއި ވަގުތު ދީފި ނަމަ ރާއްޖޭގެ ޓީމަކީ ކުރިއެރުން ހޯދޭނެ ޓީމެއް ކަމަށް މޮރިއޭރޯ ބުންޏެވެ.
"ސަޕޯޓަރުންނަށް އަހަރެން ބުނެލާނީ އަހަރެމެންނަށް ވަގުތު ދޭށޭ. ވަގުތު ދީފިނަމަ ކުރިއަށް އޮތްތަނުގައި އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ޓީމެއް ބިނާކުރެވޭނޭ. އަހަންނަށް އެނގޭ ދެ މެޗު ކުޅެގެން އެއް ޕޮއިންޓް ލިބުނީމަ ސަޕޯޓަރުން އުފާ ނުވާނެކަން،" މިއަދުގެ މެޗަށް ފަހު މޮރިއޭރޯ ބުންޏެވެ.
"އަހަރެން ތަކުރާރުކޮށް ބުނެލަން އަހަރެމެންނަށް އިތުރު ވަގުތު ދީ. ސަބަބަކީ އަހަންނަށް އެނގެނީ އެންމެ ލަފުޒެއް. އެއީ މަސައްކަތް. މަސައްކަތް. މަސައްކަތް އަދި ވެސް މަސައްކަތް. މިދިޔަ ދެ ހަފުތާގައި އަހަރެމެން ކުރިހެން މަސައްކަތް ކުރާނަން. ނަތީޖާއަށް ބަލަންޏާ އަހަރެމެން ދެރަ ވެއްޖެ. އެކަމަކު އަހަރެމެންގެ ފަހަތުގައި ކުރަން އޮތް މަސައްކަތް ބަލައިފި ކަމަށްވާ ނަމަ އަހަރެމެން އޮތީ ރަނގަޅު މަރުހަލާއެއްގައި. އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް މިކުރަނީ އެކަމަށް. އެބަދަލުތައް ގެނައުމަށް. އަހަންނަށް ޔަގީން މި ޓީމަށް އެ ކުރިއެރުން އަންނާނެކަން."
މޮރިއޭރޯ ކުޅުންތެރިންނަށް އިރުޝާދު ދެނީ: މިރޭ ކުޅުނު ބަންގްލަދޭޝް މެޗަކީ ރާއްޖޭގެ ކޯޗުކަމުގައި އޭނާ ކުރިމަތިލި ދެވަނަ މެޗު އަދި ފުރަތަމަ ބަލި --- ފޮޓޯ: އެފްއޭއެމް
މިރޭގެ މެޗުން މޮޅުވި ލަނޑު ބަންގްލަދޭޝްއިން ކާމިޔާބު ކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ އެޓީމަށް ލިބުނީ ރާއްޖޭގެ ޒުވާން ކީޕަރު އަލީ ނާޖިހް ބަންގްލަދޭޝްގެ ޖުވެލް ރާނާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކުރި ފައުލަކުންނެވެ. އެ ބޯޅައަށް ނާޖީހް ކުރިއަށް ނާރައި ވެސް ރާނާ އަށް ފުރުސަތު ނުދީ ސަލާމަތް ކުރެވޭނެ އެވެ. މޮރިއޭރޯ ވަނީ ނާޖީގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
"މިއީ އޭނާގެ ފުރުތަމަ މުބާރާތް ސީނިއާ ޓީމާއެކު ދެވަނަ މެޗު. އޭނާ ދަނީ ތަޖުރިބާތަކެއް ހޯދަމުން. އަހަރެމެންނަކަށް ނޯންނާނެ އޭނާ ކުށްވެރި ކުރެވޭކަށް،" މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ ބުނީ ރާއްޖޭގެ ޓީމަށް މެޗުގެ ތެރެއަށް ރަނގަޅަށް ވަދެވުނީ މާފަހުން ކަމަށެވެ. އެކަމަކު އެނބުރި އައިސް ރަނގަޅު ފުޓްބޯޅައެއް ކުޅުނު ކަމަށެވެ.
"ރަނގަޅު ފުޓްބޯޅައެއް ކުޅުނީ އަހަރެމެން. ހަގީގަތުގައި ވެސް ރަނގަޅު ފުޓްބޯޅައެއް އަހަރެމެން ކުޅުނު. ނަތީޖާ ދިޔަގޮތުން އަހަރެން މާފަށް އެދެން،" މޮރިއޭރޯ ބުންޏެވެ. ކުރު މުއްދަތެއްގައި ރާއްޖޭގެ ޓީމު މަސައްކަތް ކުރިއިރު އޭނާ އަށް ކުޅުންތެރިންގެ ނަންތައް އެނގޭތޯ ސުވާލު ކުރުމުން މޮރިއޭރޯ ބުނީ އޭނާ އަށް ކުޅުންތެރިން އެނގޭ ކަމަށާއި ކުޅުންތެރިން އޭނާއާ އެކު ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
މުބާރާތުގައި ދަސްކުރީ މީގެކުރިން ނުކުރާ ކަންތައްތަކެއް
ލަންކާ ދަނޑުގައި ރަނގަޅުވާނީ އުދުހިފައި އުޅުން: ކޯޗު
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
ނުގެނެވުނު އިޓަލީގެ މެންޓަލިޓީ، އެފްއޭއެމްގެ އިހުމާލު
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
މޮރިއޭރޯ އަށް ވެސް އެފްއޭމުން މުސާރައެއް ނުދޭ
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން