Roadha Mihaaru
ދެ އަހަރުގެ ކުއްޖަކު މަރުވެފައިވާ އޮއްވާ ފެނިއްޖެ

ކ. ގުރައިދޫގައި ދެ އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

06 ނޮވެމްބަރ 2021

ކ. ގުރައިދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު މޫދުގައި މަރުވެފައިވާ އޮއްވާ މިއަދު ފެނިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ގުރައިދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު މޫދުގައި މަރުވެފައިވާ އޮއްވާ މިއަދު ފެނިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު "މިހާރު" އަށް ވިދާޅުވީ މިއަދު މެންދުރު ފަހު އެ ކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށް، ފެނުނީ މޫދުގައި މަރުވެފައި އޮއްވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުއްޖާ މަރުވި ކަމަށް ބެލެވެނީ ގެނބިގެން ކަމަށެވެ.

އެ ކުއްޖާ އަކީ އެ ރަށު އުތުރު ފަރާތުގައި މޫދާ ކައިރީގައި ހުންނަ ގެއެއްގެ ކުއްޖެކެވެ. ކުއްޖާ މޫދުގައި އޮއްވާ ފެނުނީ، އަތިރިމަތީގައި އިނދެ އެ ކުއްޖާ އަށް ކާން ދިނުމަށް ފަހު، ކުއްޖާގެ މަންމަ ތަށި ގެއަށް ލާން ވަދެފައި ނިކުތް ވަގުތު ކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށެވެ.

"މޫދުން އެ ކުއްޖާ ނަގައިގެން ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި." ޔާމީން ވިދާޅުވި އެވެ.