Roadha Mihaaru
ކ. ގުރައިދޫގެ ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރަނީ

ކ. ގުރައިދޫގެ ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަނީ

19 މާޗް 2020

ކޮވިޑް-19 ފެތުރެން މަދުކުރުމަށްޓަކައި، ކ. ގުރައިދޫގެ ކެފޭތަކާއި ރެސްޓޯރަންޓް އަދި ގާޑިޔާ ފަދަ ތަންތަނުގެ ހިދުމަތް ދިނުން މެދުކަނޑާލަން ނިންމައިފި ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ފެތުރެން މަދުކުރުމަށްޓަކައި، ކ. ގުރައިދޫގެ ކެފޭތަކާއި ރެސްޓޯރަންޓް އަދި ގާޑިޔާ ފަދަ ތަންތަނުގެ ހިދުމަތް ދިނުން މެދުކަނޑާލަން ނިންމައިފި ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ބުނެފި އެވެ.

އެ ރަށު ކައުންސިލުން ބުނި ގޮތުގައި، ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ނިންމަން ދެން އެ ތަންތަނުގެ ހިދުމަތް އެ ރަށަކުން ނުލިބޭނެ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރީ، އެއް މަސް ދުވަހަށެވެ.

މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވެސް އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުން ސަރުކާރު އޮފީސްތައް ވެސް އަންނަ ހަފްތާގެ ނިޔަލަށް ވަނީ ބަންދުކޮށްފަ އެވެ.

މި މަހުގެ 7 ވަނަ ދުވަހު މި ބަލި ރާއްޖެއިން ފެނުނު ފަހުން 13 މީހަކު ވަނީ ޕޮޓިވްވެފަ އެވެ. އިތުރު މީހަކު ރާއްޖެއިން ޕޮޒިޓިވް ނުވާތާ ހަތަރު ދުވަސް ވެއްޖެ އެވެ.