09 މާޗް 2021
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާން އެތަނުގެ މުވައްޒަފުން ރީރަޖިސްޓްރީކުރަން މަޖުބޫރުކުރާ ކަމަށް ބުނެ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާން އެތަނުގެ މުވައްޒަފުން ރީރަޖިސްޓްރީކުރަން މަޖުބޫރުކުރާ ކަމަށް ބުނެ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.
ރަށު ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ސެންޓަރުގައި ވޯޓު ފޮއްޓެއް ބަހައްޓަނީ، އެ ސެންޓަރުން އެދިގެން ކަމަށެވެ. ނަމަވެސް އެ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުން އެ ފޮއްޓަށް ވޯޓުލާން ރީރަޖިސްޓްރީކުރަން އެ ތަނުގެ އިސް ވެރިން އަންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށު ރައްޔިތުން އެ ސެންޓަރުގައި މަސައްކަތްކުރަނީ. އެ މީހުން ވޯޓު ލާނީ ރަށުގައި ހުންނަ ވޯޓު ފޮއްޓަށް،" އޭނާ ވިދާޅުވި އެވެ.
ސެންޓަރުގައި ބަހައްޓާ ފޮއްޓަށް ވޯޓު ލާން ރީރަޖިސްޓްރީކުރަން އިންކާރު ކުރުމުން މުވައްޒަފުން ވަކިން ހާޒިރުކޮށްގެން، ރީރަޖިސްޓްރީކުރަން އަންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލާއި އާންމުންގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވެސް މި ޝަކުވާ ވަނީ އީސީ އަށް ހުށަހަޅާފައި ކަމަށް ވަނީ އެނގިފަ އެވެ. އިިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ބަޔާނެއް ވެސް ނެރެފަ އެވެ.
ގުރައިދޫ ސެންޓަރުގައި ތިބޭ އެހީ ބޭނުންވާ މީހުން އާންމުކޮށް ވޯޓު ލަނީ އެ ރަށުގައި ބަހައްޓާ ވޯޓު ފޮއްޓަށަވެ. ނަމަވެސް އެ ސެންޓަރުގައި ވަކި ފޮއްޓެއް ބަހައްޓަން އެދުނީ ކޮވިޑް-19 ފެތުރިފައިވާތީ އެ މީހުން ރަށުތެރެއަށް ނުގެންދިއުމުގެ ބޭނުމުގަ އެވެ.
ނަމަވެސް ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ސެންޓަރުގައި ވަޒީފާ އަދާކުރާ މީހުން އެތަނަށް ދަނީ ރަށުތެރޭގައި އުޅެފައި ކަމަށާއި އެހެންވެ ވަކި ފޮއްޓެއް ބެހެއްޓުމުގެ މާނައެއް ނެތް ކަމަށެވެ.
ފެންބޮޑުވެ ގުރައިދޫ 50 އަށްވުރެ ގިނަ ގެއަށް ގެއްލުން
ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލީ 45 ލޯފަން މީހުން
ގުރައިދޫ ހިއްކި ބިމުން ގޯތިނުދޭތީ ރައީސްގެ ނުރުހުން
ގުރައިދޫ ދާއިރާގެ ތިން ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
ލޯފަން މީހުންނަށް ދެން އަމިއްލައަށް ވޯޓު ލެވޭނެ!
ލޯފަން މީހުން އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދައިފި
ލޯފަން މީހާއަށް އަމިއްލައަށް ވޯޓުލެވޭ ބިލް ކޮމިޓީއަށް
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް
"ގުރައިދޫ ގޮނޑި ހޯދީ ނުފޫޒު ފޯރުވައިގެން"
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން