Roadha Mihaaru
މޯލްޑިވިއަން އިން ދިއްލީއަށް ދަތުރުތައް ފަށައިފި

މޯލްޑިވިއަން އިން ދިއްލީއަށް ދަތުރުތައް ފަށައިފި

04 ނޮވެމްބަރ 2021

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ދިއްލީއަށް ދަތުރުތައް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ދިއްލީއަށް ދަތުރުތައް މިއަދު ފަށައިފި އެވެ.

މިއީ ކޮވިޑް-19ގެ ފަހުން އެ އެއާލައިނުން އަލަށް ދަތުރު ފެށި ފުރަތަމަ މަންޒިލެވެ. އެ އެއާލައިނުން މިވަގުތު ދަތުރުތައް ކުރާނީ މާލެ އާއި ދިއްލީއާ ދެމެދު އެވެ.

މޯލްޑިވިއަން އިން މާފަރާއި ދިއްލީއާ ދެމެދު ދަތުރުތައް ފަށަން ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް މި ދަތުރުތައް ފަށާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މާލެއިން އިން ދިއްލީއަށް ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ދަތުރު ކުރި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: މޯލްޑިވިއަން

މާލެއިން އިން ދިއްލީއަށް ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ދަތުރު ކުރި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: މޯލްޑިވިއަން

މިއަދު ފެށި ދަތުރުތަކުގައި މާލެ އާއި ދިއްލީ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެ އެވެ. މި ދަތުރުތަކުގެ ޓިކެޓެއްގެ އަގު ފެށެނީ 142 ޑޮލަރު (2،180ރ.) އިންނެވެ.

މި ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ފާއިތުވި ދުވަސްތަކުގައި ތަފާތު ހަރަކާތްތައް ހިންގައިފަ އެވެ. މީގެ ތެރޭގައި، ސޯޝަލް މީޑިއާގައި ހިންގި ހަރަކާތްތަކާއި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރު ހިމެނެ އެވެ.

މީގެ އިތުރުން މޯލްޑިވިއަންގެ މުވައްޒަފުންގެ އާއިލާ މެމްބަރުންނަށް ދިއްލީއަށް ދެކޮޅު ޓިކެޓް އެންމެ 150 ޑޮލަރަށް ލިބޭ ޕެކޭޖެއް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ.