Roadha Mihaaru
ސެންޓްރަލް ޕާކުގައި މޯލްޑިވިއަންގެ ހާއްސަ އިވެންޓެއް

ދިއްލީއަށް ދަތުރުތައް ފަށާތީ ސެންޓްރަލް ޕާކުގައި މޯލްޑިވިއަންގެ އިވެންޓެއް

15 އޮކްޓޯބަރ 2021

ރާއްޖެ އާއި ދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހާއްސަ ހަރަކާތްތަކެއް ބާއްވަން މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އާއި ދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހާއްސަ ހަރަކާތްތަކެއް ބާއްވަން މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.

އެ އެއާލައިނުން ބާއްވާ މި އިވެންޓުގައި ބޮޑުބެރުގެ ހަރަކާތްތަކާއި އިންޑިއާގެ ސަގާފީ ނެށުން ވެސް ކުރިއަށްދާނެ އެވެ. އަދި ސެންޓްރަލް ޕާކަށް ޒިޔާރަތް ކުރާ މީހުންނަށް ފުޑް ސްޓޯލެއް ވެސް ބަހައްޓާފައި ހުންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މީގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ހާއްސަ ގޭމުތައް އެ ސަރަހައްދުގައި ހުންނާނެ އެވެ. މި ގޭމުތައް ކުޅެގެން އިނާމުތައް ލިބޭނެ އެވެ.

މި އިވެންޓު ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

މި އިވެންޓަށް ޒިޔާރަތް ކުރާ މީހުން ސޯޝަލް ޑިސްޓެންސް ބެހެއްޓުމަށާއި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް މޯލްޑިވިއަން ވަނީ އެދިފަ އެވެ.