03 ނޮވެމްބަރ 2021
އިނގިރޭސި ވިލާތުގެ ގްލެސްގޯގައި މިހާރު ކުރިއަށްދާ، އދ.ގެ ދިމާވެށީގެ މަހާސިންތާ، ކޮޕް26 ގައި ޗައިނާ އާއި ރަޝިޔާގެ ރައީސުން ބައިވެރިވެވަޑައިނުގަންނަވާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން، އެ ދެ ބޭފުޅުންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
އިނގިރޭސި ވިލާތުގެ ގްލެސްގޯގައި މިހާރު ކުރިއަށްދާ، އދ.ގެ ދިމާވެށީގެ މަހާސިންތާ، ކޮޕް26 ގައި ޗައިނާ އާއި ރަޝިޔާގެ ރައީސުން ބައިވެރިވެވަޑައިނުގަންނަވާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން، އެ ދެ ބޭފުޅުންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
މަހާސިންތާގައި ރޭ ތަގުރީރުކުރައްވަމުން ބައިޑެން ވިދާޅުވީ ތިމާވެށީގެ މައްސަލައަކީ ވަރަށް ބިޔަ މައްސަލައެއް ކަމަށެވެ. ނަމަވެސް މި މަހާސިންތާގައި ޗައިނާ ބައިވެރި ނުވާ ކަމަށާއި، ރަޝިޔާ އާއި އެ ގައުމުގެ ރައީސް ޕުޓިން ވެސް އަމަލު ކުރެއްވީ އެ ގޮތަށް ކަމަށެވެ.
"އަހަރެމެންނަށް ފާހަގަކުރެވޭ ގޮތުގައި، ދުނިޔޭގެ ލީޑަރެއްގެ ގޮތުން ޗައިނާއިން މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަގުވާމީ މުޖްތަމައުގައި މުހިންމު ދައުރެއް އަދާކުރުމަށް. އެކަމަކު މިތަނުން ޗައިނާގެ ރައީސެއް ނުފެނޭ. މި މަހާސިންތާގައި ޝީ ޖިންޕިންގް ބައިވެރިވެވަޑައިނުގަތުމަކީ ހެއްދެވި ވަރަށް ބޮޑު ގޯހެއް،" ބައިޑެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރަޝިޔާގެ ޖަންގަލިތަކާއި ބިންތައް ވެސް ދަނީ އަނދަމުންނެވެ. ނަމަވެސް އެ ގައުމުގެ ރައީސް އިހުތިޔާރު ކުރެއްވީ އެ މައްސަލައިގައި ހަނުހުންނެވުމަށް ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
އޮކްޓޫބަރ 31، 2021: އިޓަލީގެ ރޯމްގައި ބޭއްވި، އިގްތިސާދީ ގޮތުން އެންމެ ކުރި އަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި، ޗައިނާގެ ރައީސް ޝީ (ކ) އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވަނީ. --އޭއެފްޕީ
ނޮވެމްބަރު 1 ން ފެށިގެން 14ގެ ނިޔަލަށް ކުރިއަށް މަހާސިންތާ އަށް ޗައިނާގެ ރައީސް ޝީޖިންޕިންގް އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ވަޑައެއް ނުގަންނަވަ އެވެ. އެ ދެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ނަމަވެސް އެ ދެ ގައުމުގެ ވަޒީރުން ފެންވަރުގެ ވަފުދެއް ގްލެސްގޯ އަށް ވަޑައިގެން މަހާސިންތާގައި ބައިވެރިވެ އެވެ.
ޖައްވުގެ ތެރެއަށް އެންމެ ގިނައިން ކާބަން ޑައިއޮކްސައިޑް ބޭރުކުރާ ގައުމަކީ ޗައިނާ އެވެ. ދެ ވަނަ އަށް އެމެރިކާ އެވެ. ތިން ވަނައިގައި ވިލާތުގެ އިއްތިހާދުގެ ގައުމުތައް ހިމެނޭ އިރު ހަތަރު ވަނައިގައި އޮތީ އިންޑިއާ އެވެ. ރަޝިޔާ އަކީ ފަސް ވަނަ އަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރާ ގައުމެވެ.
ސްކޮޓްލޭންޑްގެ އެންމެ ބޮޑު ސަހަރު ކަމަށްވާ ގްލެސްގޯގައި މިހާރު ކުރިއަށް ދާ ކޮޕް26 މަހާސިންތާގައި ދުނިޔޭގެ 120 ގައުމެއްގެ އެންމެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ ގައުމުތަކުން މިހާރު ވަނީ ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ޖައްވުގެ ތެރެއަށް މީތޭން ގޭސް ބޭރުކުރުން، 2030ގެ ނިޔަލަށް ހުއްޓައިލުމާއި، ޖަންގަލިތަކުން ގަސް ކެނޑުން ވެސް ހަމަ އެ އަހަރުގެ ނިޔަލަށް ހުއްޓައިލުމެވެ. ޗައިނާ އާއި ރަޝިޔާއަކީ ވެސް މިކަމަށް އެއްބަސްވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.
ކޮޕް26ގައި އެމެރިކާގެ ރައީސް ބައިޑެން އަށް ވުރެ ކުރިން، އިއްޔެ ވާހަކަ ދެއްކެވީ ރަޝިޔާގެ ރައީސް ޕުޓިން އެވެ. މޮސްކޯގައި ހުންނަވައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެއްވި ތަގުރީރުގައި ޕުޓިން ވިދާޅުވީ ޖަންގަލިތައް ހިމާޔަތްކުރުމުގެ ގޮތުން އެންމެ ހަރުދަނާ އަދި އެންމެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަނީ ރަޝިޔާ އިން ކަމަށެވެ.
ޗައިނާ އެމެރިކާއަށް: ހުސްއަނގަ ނުތަޅާ އަމަލުން ދައްކާ
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް
ތިމާވެށީގެ ހިމާޔަތުގައި ޗައިނާއާއި އެމެރިކާ އެއްގަލަކަށް
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް
ކަނޑުގެ ލޮނުގަނޑު އުފުލެނީ، ހުއްޓުވޭނެ ގޮތެއް ނެތް
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް
ދުނިޔެ ސަލާމަތް ކުރަން އޮތީ މަދު އަހަރުތަކެއް
ކޮޕް27 މިސްރުގައި، ކޮޕް28 އެމިރޭޓްސްގައި