02 ނޮވެމްބަރ 2021
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުންގެ މުސާރަ، އެހެން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައާ އަޅައި ބަލާއިރު، ކުޑަކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި، އެ ކޮމިޝަނުން ޝަކުވާ އުފުލައިފި އެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުންގެ މުސާރަ، އެހެން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައާ އަޅައި ބަލާއިރު، ކުޑަކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި، އެ ކޮމިޝަނުން ޝަކުވާ އުފުލައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މެމްބަރުންގެ މުސާރައާ ބެހޭ ގޮތުން އެންއައިސީން ފޮނުވި ސިޓީ، އެ ކޮމިޓީން ފޮނުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ކަމަށެވެ. އެ ކޮމިޓީން އެ މައްސަލަ ނެޝަނަލް ޕޭ ކޮމިޝަނަށް ފޮނުވި ނަމަވެސް ނިންމީ އެންއީސީގެ މެމްބަރުންގެ މުސާރަ ބޮޑުކުރެވެން ނެތް ކަަމަށެވެ.
"އެންއައިސީން ސިޓީއެއް ފޮނުވާފައި އޮތީ އެ ބޭފުޅުންގެ [އެންއައިސީގެ] މެމްބަރުންގެ މުސާރަ، އެހެން މުއައްސަސާތަކާ އެއްވަރަށް ނެތިފައި، އެކަމަކު ރައީސްގެ މުސާރަ އޮންނަނީ އެހެން ކޮމިޝަންތަކާ އެއްވަރަށް. އެހެންވެ އެ މިންގަނޑު ހަމަހަމަ ކުރެވޭތޯ ބަަލަން ވެގެން،" އެންއީސީގެ ސިޓީއާ ހަވާލާ ދެއްވައި ރޮޒައިނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީން އެކަން ނެޝަނަލް ޕޭ ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ދިން ޖަވާބުގައި ބުނީ، ދައުލަތުގެ ކޮމިޝަންތައް ވަޒަން ކުރާ ހަމައަށް ބަލާއިރު، އެންއައިސީގެ މެމްބަރުންގެ މުސާރަ ކުޑަނޫން ކަމަށެވެ. އެހެންވެ، އެންއައިސީގެ މެމްބަރުންގެ މުސާރަ އަށް ބަަދަލެއް ގެންނަން ނުފެންނަ ކަމަށް ވެސް ޕޭ ކޮމިޝަނުން މާލިއްޔަތު ކޮމިޓީ އަށް ދިން ޖަވާބުގައި ވެ އެވެ.
ޕޭ ކޮމިޝަނުން ދިން ޖަވާބުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ހަމަހަމަކުރަން އެކުލަވައިލާ އާ އޮނޑިގަނޑުގެ މަސައްކަތް ނިމުމުން، އެންއައިސީން ހުށަހެޅި މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށެވެ. ބެލެވޭ ގޮތުގައި މީގެ މާނަައަކީ، އާ އޮނިގަނޑު އައުމުން، އެހެން ކޮމިޝަންތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ވެސް މިހާރަށް ވުރެ ކުޑަވުމެވެ.
އެންއައިސީގެ އާ މަގާމުތަކަށް ހުއްދައެއް ނުދިން
އީސީ މެންބަރުންގެ މުސާރަ ބޮޑުނުވާތީ ކަންބޮޑުވުން!
ޖޮއިންޓް އިންވެސްޓިގޭޝަން ހިންގަނީ ކީއްވެތޯ ބަލަނީ
އެންއައިސީއަށް ކުރިމަތިލެއްވި ބޭފުޅުން އާންމުން ހިޔާލަށް
އެންއައިސީގެ ރައީސް ސުލައިމާން ވަކިކުރަން ފާސްކޮށްފި
ޖިންސީ ގޯނާގެ މައްސަލަ: އެންއައިސީ ކޮމެޓީއަށް ގެންނަނީ
އެންއައިސީގެ މެމްބަރުކަމަށް ޝިފާގެ ފިރިކަލުން
އަޣުލަބިއްޔަތު އޮވެ މުއައްސަސާތަކަށް ގާނޫނީ ހުސްކަން!
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް
އެންއައިސީ އަށް އަލުން ކުރިމަތިލާން ހުޅުވާލަން ލަފާދެނީ