30 އޯގަސްޓް 2020
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން މިއަދު ހުޅުވާލައިފި އެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން މިއަދު ހުޅުވާލައިފި އެވެ.
އެންއައިސީގެ ހަތް މެމްބަރުން ޒިންމާ އަދާ ނުކުރައްވާ ކަމަށް ނިންމައި، ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމުން، އެންއައިސީގެ ތިން މެމްބަރަކު މިދިިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވެސް ދާދި ފަހުން ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލުން
— People's Majlis (@mvpeoplesmajlis) August 30, 2020
އިޢުލާން:https://t.co/r8BxGUWDUC pic.twitter.com/Zi5s4YFkI1
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި ޓްވީޓެއް
ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 17 މީހެއްގެ ނަން ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް މި މަހުގެ 12 ވަނަ ދުވަހު ފޮނުއްވައިފަ އެވެ.
ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ މެދު ޝަކުވާއެއް ވާ ނަމަ، މަޖިލީހުގެ އީމެއިލް committe@majlis.gov.mv އަށް އީމެއިލް ކޮށް އެކަން އަންގަން އެ އިދާރާ އިން އެދިފައި ވެ އެވެ. ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި ގުޅޭނެ ނަންބަރެއް ހިމަނަން ޖެހޭނެ އެވެ.
ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވައިގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.
ބްރޯޑްކޮމަށް އައްޔަންކުރަން ފަސް ނަމެއް މަޖިލީހަށް
ޖޮއިންޓް އިންވެސްޓިގޭޝަން ހިންގަނީ ކީއްވެތޯ ބަލަނީ
އޭސީސީ އަށް އައްޔަން ކުރަން ފޮނުވި ނަންތައް ފާސްކޮށްފި
އޭސީސީއަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް ކޮމިޓީއަށް
އެންއައިސީގެ މެމްބަރުންގެ މުސާރަކުޑަވެގެން ޝަކުވާކޮށްފި
އެންއައިސީއަށް އައްޔަން ކުރަން 17 ބޭފުޅެއްގެ ނަން
އެންއައިސީގެ ރައީސް ސުލައިމާން ވަކިކުރަން ފާސްކޮށްފި
ޖިންސީ ގޯނާގެ މައްސަލަ: އެންއައިސީ ކޮމެޓީއަށް ގެންނަނީ
މަރިޔަމް ވަހީދާ އާއި އަނާގެ ނަން މަޖިލިހުގެ ތަޅުމަށް
ބްރޯޑްކޮމް އަށް ޝިފްލާއާ އެކު އެމްޑީޕީގެ އެކްޓިވިސްޓެއް