Roadha Mihaaru
ބްރޯޑްކޮމަށް އައްޔަންކުރަން ފަސް ނަމެއް މަޖިލީހަށް

ބްރޯޑްކޮމަށް އައްޔަންކުރަން ފަސް ނަމެއް މަޖިލީހަށް ފޮނުވައިފި

08 ފެބުރުއަރީ 2023

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ބްރޯޑްކޮމަށް މެންބަރަކު އައްޔަންކުރަން ސަރުކާރުން ނިންމީ މިދިޔަ މަހު 8 ގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ. ގައިސް އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަގުތު ހުސް ކުރުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީގައި ވިދާޅުވީ، ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަން ކުރުމަށްޓަކައި އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލި މީހުންގެ ތެރެއިން އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބުން ނަންތައް މަޖިލީހަށް ފޮނުއްވީ ކަމަށެވެ.

ބްރޯޑްކޮމަށް ކުރިމަތިލި މެންބަރުން:

1. އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި

2. ހުސެއިން އަމްރު، ވ. ރޯޝަން

3. ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ

4. މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގޭ، ގދ. ތިނަދޫ

5. މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ

ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީއަށް ފޮނުވަން ނިންމަވައިފަ އެވެ.