Roadha Mihaaru
އެންއައިސީގެ އާ މަގާމުތަކަށް ހުއްދައެއް ނުދިން

އެންއައިސީގެ އާ މަގާމުތަކަށް މީހުން ނަގަން ހުއްދައެއް ނުދިން

19 އޯގަސްޓް 2024

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ އާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ނުދޭ މައްސަލާގައި، މިވަގުތު އެ މަގާމުތަކަށް މީހުން ނެގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ އާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ނުދޭ މައްސަލާގައި، މިވަގުތު އެ މަގާމުތަކަށް މީހުން ނެގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެންއައިސީއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މި އަހަރުގެ ބަޖެޓްގައި އާ ހަތަރު މަގާމަކަށް މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާ ހިމަނާފައި ވިޔަސް، އެ މަގާމުތަކަށް މީހުން ނަގަން ފިނޭންސް މިނިސްޓްރީގެ ހުއްދަ މިދިޔަ ޖުލައި މަހާ ހަމައަށް ވެސް ލިބިފައިނުވާ ކަމަށެވެ،

ކޮމިޝަނުން އަލަށް ނަގަން ބޭނުންވާ މުވައްޒަފުންނަކީ:

- އެސިސްޓެންޓް ޑިރެކްޓަރު

- ލީގަލް އޮފިސަރު

- އެސިސްޓެންޓް އިންވެސްޓިގޭޓަރު

- އެޓްމިނިސްޓްރޭޓިވް އޮފިސަރު.

އެންއައިސީ އިން ބުނީ އެ ކޮމިޝަނަކީ މުވައްޒަފުން ވަރަށް މަދު މުއައްސަސާއެއް ކަމަށާއި ނަމަވެސް މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އަދި ކޮމިޝަނަކީ ތަހުގީގީ ބާރުދީފައިވާ އަދި ތަހުގީގީ އެހެން އިދާރާތަކުގެ މައްސަލަތައް ބަލަން ހާއްސަ އިހުތިސޯސް ދީފައިވާ ކޮމިޝަނެއްކަން ފާހަގަކުރި އެވެ.

"މި މަގާމުތަކަކީ ކޮމިޝަނަށް ކޮންމެހެން ވެސް ބޭނުންވާ މަގާމުތަކެއް ކަން ދަންނަވަން. ވީމާ އާ ހަތަރު މަގާމަށް ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަތައް ހޯދަން ކޮމިޓީއަށް ކޮށްދެވޭނެ ކަމެއް އޮތް ނަމަ، އެކަން ކޮށްދިނުމަށް އެދެން،" ސިޓީގައިވެ އެވެ.

ނަމަވެސް ކޮމިޓީއިން މިއަދު ފާސްކުރީ ދައުލަތުގެ އިގުތިސާދީ ހާލަތު ހުރިގޮތުން ހަރަދު ކުޑަކުރަން އަންގާފައިވާ މި ދަނޑިވަޅުގައި އާ މަގާމުތަކަށް މީހުން އައްޔަން ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް އެ ކޮމިޝަނަށް އެންގުމަށެވެ.

ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ހިނގާއިރު، މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކޮމިޓީގެ ފަރާތުން މުއައްސަސާތަކާ ހިއްސާ ކުރަން ވެސް ކޮމެޓީން ނިންމި އެވެ.