02 ނޮވެމްބަރ 2021
ސްކޫލްތަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ނުލިބޭ މައްސަލައާ އެއްވަރަށް، ރަނގަޅު ޕްރިންސިޕަލުން ނުލިބުމުގެ މައްސަލަ ވެސް އެބައޮތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސްކޫލްތަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ނުލިބޭ މައްސަލައާ އެއްވަރަށް، ރަނގަޅު ޕްރިންސިޕަލުން ނުލިބުމުގެ މައްސަލަ ވެސް އެބައޮތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޕްރިންސިޕަލުން ނުލިބޭ މައްސަލަ ހައްލުކުރަން މިހާރު ވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، ބައެއް ރަށްރަށުގެ ސްކޫލްތަކުގައި ދާއިމީ ޕްރިންސިޕަލުންނެއް ނެތެވެ. އެހެން ނަމަވެސް އެ ސްކޫލްތައް ވެސް ހިންގުމުގައި އިސް މީހަކު ހުންނާނެ ކަމަށާއި މީހުން ތަމްރީނުކުރުމުގެ މަސަައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއުލާނުކުރީމާ، ބައެއް ދާއިރާތަކުގައި މި މަގާމަށް [ޕްރިންސިޕަލުންގެ މަގާމަށް] އަންނާނެ މީހުންނެއް ނުވޭ. މުދައްރިސުން ލިބުމުގެ ދަތިކަން އޮންނަ ވަަރަށް އަޅުގަނޑުމެންނަށް ރަނގަޅު ޕްރިންސިޕަލުން ލިބުމުގެ ދަތިކަން ވެސް އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަން ހައްލުކުރަން ރާވާފައިވާ ޕްރޮގްރާމްތަކެއް އެބަހުރި ކަމަށާއި އެފަދަ ބަައެއް ޕްރޮގްރާމްތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އެއްކަމަކީ ސްކޫލްތައް ހިންގަން މިހާރު ތިއްބެވި (ވަގުތީ) ފަރާތްތައް ޕްރިންސިޕަލުންގެ ގޮތުގައި ތަމްރީނު ކުރުމެވެ. އެ ދާއިރާއިން އާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އެއް ޝަކުވާއަކީ އެ މަސައްކަތުގެ ބުރަކަމާއި އެކަށޭނަ މުސާރައެއް ނުލިބޭ ކަމުގެ ޝަކުވާ އެވެ. މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނުކުރައްވާފައިވާ ގޮތަށް، ޓީޗަރުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ އިރު، ހުށަހަޅާފައިވާ ގޮތަށް ބަަޖެޓް ފާސްކޮށްދެއްވަން މެމްބަރުންގެ އަރިހުން އޭނާ އެދިވަޑައިގެންނެވި އެވެ.
"ނަަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހާރު މި ފެށްޓެވި މަސައްކަތުން އަޅުގަނޑުމެންނަށް ރަނގަޅު އިލްމީ ދިރާސާއެއްގެ އަލީގައި އެނގިގެން ދާނެ ހަގީގަތުގައި މިކަން މެދުވެރިވާ ސަބަބުތަކަކީ ކޮބައިކަން،" އައިޝަތު އަލީ ވިދާޅުވި އެވެ.
ތައުލީމީ ދާއިރާ އަށް މީހުން ޝައުގުވެރިނުވާ ސަބަބުތައް ދެނެގަންނަން ކުރާ މަސައްކަތް މިނިސްޓަރު ވިދާޅުވިގޮތުގައި އިއްޔެ ވަނީ ފަށްޓަވައިފަ އެވެ. ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
ޕްރިންސިޕަލުންގެ އުސޫލު: ރަނގަޅުތަ؟ ނުވަތަ ގޯސްތަ؟
ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ، ލިބޭނީ ކުރިއެރުން
ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ހުރެވޭނީ 8 އަހަރު
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ