އައިޖީއެމްއެޗުގެ ކެންޓީން ސަރަހައްދުން، މަގުމަތީގައި ހެދެނީ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.
30 އޮކްޓޯބަރ 2021
އައިޖީއެމްއެޗުގެ ކެންޓީން ސަރަހައްދުން، މަގުމަތީގައި ހެދެނީ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މައި ހޮސްޕިޓަލްގެ ހުޅަނގު ފަރާތު އިންފާރުގައި ހެދިފައި އޮންނަ ފެންގަނޑުގެ ސަބަބުން، އެ ސަރަހައްދުން ހިނގައިބިގާވެ އުޅޭ މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އެ ކަން ބެލިއިރު، ފެންގަނޑު ހެދެނީ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުން ކަމަށް ވިޔަސް އެ ފެންތައް ދޫކުރަނީ ކައުންސިލަށް އެނގިގެން ނޫން ކަމަށް ކައުންސިލުން ބުންޏެވެ.
އައިޖީއެމް އެޗްގެ ހުޅަނގު ފަރާތު ބޮޑުތަކުރުފާނު މަގުގައި އޮންނަ ފެންގަނޑަގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ނެރޭ ނޫސްބަޔާން @MMuizzu pic.twitter.com/PQLQplgL8U
— Male' City Council (@MaleCitymv) October 29, 2021
އެ މައްސަލަ ހައްލުކުރަން އައިޖީއެމްއެޗާއި އެމްޑަބްލިއުއެސްސީން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް، އެކަމަށް ހައްލެެއް ލިބިފައި ނުވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ބަޔާނުގައި ވެ އެވެ.
އެހެންވެ، ފެންގަނޑު ނުހެދޭނެ ގޮތަށް ކައުންސިލުން އިސްވެ އައިޖީއެމްއެޗާ ވާހަކަދައްކައި، އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ސިޓީ ކައުންސިލުން މަސައްކަތްކުރާ ގޮތަށް އައިޖީއެމްއެޗުން ހުށަހަޅާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
"މާލެ ސިޓީގެ މަގުމައްޗަށް އެއްވެސް ފަރާތަކުން ފެން ދޫކުރުމަކީ މި ކައުންސިލުން ހުއްދަ ދޭ ކަަމެއް ނޫން ކަމަށާއި އާއްމު ރައްޔިތުންނަށް އުނދަގޫވާ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް މި ކައުންސިލުން ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
މާލޭގައި ދުއްވާ ވެހިކަލްތަކުގެ 92 ޕަސެންޓަކީ ސައިކަލް
އިމާރާތް ކުރަނިކޮށް ޖެހިގެން ހުރި ގެ ގަނބައިގެންފި
މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ހަތަރު ނަންބަރު ޖެޓީ މަރާމާތު ކުރަނީ
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
ދެމައިން އެޑްމިޓުކޮށްފައި؛ ފިރިމީހާ އިތުރު ވޭނެއްގައި!
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!