Roadha Mihaaru
އެމޭޒަނުން ސޭޓު ނެތް ފިހާރަތައް ހުޅުވަނީ

އެމޭޒަނުން ސޭޓު ނެތް ފިހާރަތައް ހުޅުވަނީ

08 ޑިސެމްބަރ 2016

އެމޭޒަނުން ވިޔަފާރީގައި އާ ތަޖުރިބާއެއް ކުރަން ތައްޔާރުވަނީ އެވެ. ބައްރުތަކުގައި ޚާއްސަކޮށް އެމެރިކާގައި އޮންލައިން ފިހާރަތައް ހިންގާ އެމޭޒަނުން ބުނި ގޮތުގައި ކައުންޓަރުގައި ސޭޓެއް، ކޭޝިއަރެއް ނެތް ރީޓެއިލް ފިހާރަތައް ހުޅުވަން ކުންފުނި އޮތީ ތައްޔާރަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމޭޒަނުން ވިޔަފާރީގައި އާ ތަޖުރިބާއެއް ކުރަން ތައްޔާރުވަނީ އެވެ. ބައްރުތަކުގައި ޚާއްސަކޮށް އެމެރިކާގައި އޮންލައިން ފިހާރަތައް ހިންގާ އެމޭޒަނުން ބުނި ގޮތުގައި ކައުންޓަރުގައި ސޭޓެއް، ކޭޝިއަރެއް ނެތް ރީޓެއިލް ފިހާރަތައް ހުޅުވަން ކުންފުނި އޮތީ ތައްޔާރަށެވެ.

"އެމޭޒަން ގޯ" މަރުކާގެ ދަށުން ހިންގަން ހަމަޖައްސާފައިވާ ވިޔަފާރީގައި، ސޭޓް ނެތް ފިހާރައެއް އެމޭޒަންގެ މުވައްޒަފުން މިހާރު ވެސް ޓެސްޓްކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސޭޓް ނެތް ފިހާރަތައް ހިންގާނެ ކަމަށް ވަނީ މި ކަހަލަ ގޮތަކަށެވެ؛ ފިހާރަ އަށް ވަދެ ހިތުހުރި ވަރަކަށް ވަށިގަނޑަށް ތަކެތި އަޅައިގެން ދާންވީ އެވެ. މީހެއްގެ މޫނަށް، ކަނދުރާ އަށް ބަލާނެ ކަމެއް ނެތެވެ.

ވަށިގަނޑަށް އެޅި ތަކެތި ދެނެގަނެ ވަޒަންކުރުމަށް ބޭނުންކުރެވެނީ ޑްރައިވަރުން ނެތް ކާރުތައް ދުވަން ބޭނުންކުރާ ޓެކްނޮލޮޖީ އެވެ. ހަރުގަނޑުގައި ހުރި އެއްޗެއް ނެގުމުން، ހަމަ އެ އެއްޗެއް، ޚިޔާލީ ވަށިގަނޑަކަށް އަޅައި، ހިނދުން ހިނދަށް ހިސާބު ކިތާބު ހުރިހަމަކުރެވެ އެވެ. އެ އަށް ފަހު އިރުކޮޅެއް ތެރޭގައި އެ މީހެއްގެ އެމޭޒަން އެކައުންޓަށް ބިލްކުރެވި، ފައިސާ ކަނޑަ އެވެ.

އެމޭޒަން އަކީ ވިޔަފާރީގައި ޑްރޯން ވެސް ބޭނުންކުރާ ކުންފުންޏެކެވެ. އެމޭޒަން ފިހާރަތަކުން ގަންނަ މުދާ ރައްދުކުރުމަށް "ޖިއޯލޮކޭޝަން" އަށް ފަރިތަ ޑްރޯން ބޭނުންކުރެ އެވެ. އެއީ ޕިއްޒާއެއް ނުވަތަ ވާހަކަ ފޮތެއް ނަމަވެސް ޑްރޯންތައް އުފަލާ އެކު ހުދުހި ގޮސް ކަސްޓަމަރަށް ރައްދުކޮށްދިނުމެވެ.

އެމޭޒަން ސޭޓު ނެތް ފިހާރަތައް އަންނަ އަހަރު އާންމުނަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް ފުޅާކުރަން ވިސްނާ ކަމަކަށް އަދި ނުބުނެ އެވެ. ބެލެވޭ ގޮތުގައި ތަޖުރިބާ އަށް ބަލައި، އާބާދީ ބޮޑު އަވަށްތަކުގައި "އެމޭޒަން ގޯ" ރީޓެއިލް ފިހާރަތައް ހުޅުވުމަކީ ގާތްކަމެކެވެ.