Roadha Mihaaru
ޗައިނާ ސަފީރު ނަޝީދާ ބައްދަލުކުރައްވައިފި

ޗައިނާ ސަފީރު ނަޝީދާ ބައްދަލުކުރައްވައިފި

26 އޮކްޓޯބަރ 2021

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޝިން މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޝިން މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ޗައިނާ ސަފީރު ނަޝީދު އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. ވާންގް މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ. އެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި އެ މަނިކުފާނާ ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ.

ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި އެ މަނިކުފާނާ ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ.

ވާން މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވެސް ބައްދަލުކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޗައިނާއިން ގައުމުތަކަށް މާލީ ގޮތުން އެހީތެރިވުުމުގައި ގެންގުޅޭ ސިޔާސަތަަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އެ ގައުމުން ގައުމުތަކަށް ދޭ ލޯނުތަކުގެ އިންޓަރެސްޓް ބޮޑުކަމަށް ވިދާޅުވެ، އެއީ "ދަރަނީގެ ދަންތުރައެއް" ކަމަށް އެ މަނިކުފާނު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިން ހުންނެވި ޗައިނާގެ ސަފީރު ނަޝީދުގެ އެ ވާހަކަފުޅުތަކަށް ތަކުރާރުކޮށް އެކި ފަހަރު މަތިން ރައްދު ދެއްވި އެވެ.