Roadha Mihaaru
ބަޓީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ޗައިނާގެ ސަރުކާރަށް ލަފާދޭ ސީޕީޕީސީސީގެ ވައިސް ޗެއާމަން، ބަޓީ ރާއްޖެ ވަޑައިގެންފި

11 ޖޫން 2024

ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން، ބަޓީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން، ބަޓީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ޗައިނާގެ ސަރުކާރަށް ސިޔާސީ ގޮތުން ލަފާ އަރުވާ (ސީޕީޕީސީސީ) ގެ ވައިސް ޗެއާމަން ބަޓީ، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ބަޓީ ވަޑައިގެންނެވީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް ކަމަށެވެ.

ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން ރާއްޖެ ވަޑައިގަތުމުން ރިސީވް ކުރުމަށް މަޖިލީހުގެ ނައިބް ރައީސް ނާޒިމް ވަޑައިގެން .-- ފޮޓޯ: މަޖިލިސް

ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން ރާއްޖެ ވަޑައިގަތުމުން ރިސީވް ކުރުމަށް މަޖިލީހުގެ ނައިބް ރައީސް ނާޒިމް ވަޑައިގެން .-- ފޮޓޯ: މަޖިލިސް

ބަޓީ، މާދަމާ ހެދުނު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ނާޒިމާ ބައްދަލު ކުރައްވާނެ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އަންނަ ބުރާސްފަތި ދުވަހު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.

ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން، ހިޒް އެކްސެލެންސީ ބަޓީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުން.-- ފޮޓޯ: މަޖިލިސް

ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން، ހިޒް އެކްސެލެންސީ ބަޓީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުން.-- ފޮޓޯ: މަޖިލިސް

އެ އަށް ފަހު ސަރުކާރުގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށާއި ފުރާވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.