ޗައިނާ އިން ނަގާފައި ވަނީ ދައުލަތަށް މާބޮޑު މާލީ ބުރައެއް އަންނާނެ ލޯނުތަކެއް ނޫން ކަމަށާއި އެއީ ވަރަށް ލުއި ލޯނުތަކެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
11 އޯގަސްޓް 2020
ޗައިނާ އިން ނަގާފައި ވަނީ ދައުލަތަށް މާބޮޑު މާލީ ބުރައެއް އަންނާނެ ލޯނުތަކެއް ނޫން ކަމަށާއި އެއީ ވަރަށް ލުއި ލޯނުތަކެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެރެންޓީތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ އަށް ހާޒިރު ކުރެއްވުމުން، މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޖިހާދު ވިދާޅުވީ، ޗައިނާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރުން ނެގި އެއް ލޯނަކީ ސިނަމާލެ ބްރިޖް ހަދަން ނެގި ލޯނު ކަމަށާއި އެެއީ ވެސް ވަރަށް ދިގު މުއްދަތެއްގައި ކުޑަ އިންޓަރެސްޓަކާ އެކު ދައްކާ ގޮތަށް ނެގި ލޯނެއް ކަމަށެވެ. އެ ލޯނު ނަގަން ޖެހުނު ސަބަބަކީ އޭރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެވަރުގެ ލޯނެއް ދޭނެ އެހެން ބަޔަކު ވެސް ނެތުމުންނެވެ.
"އެހެންވީމާ އެއީ އަޅުގަނޑަށް ހީވާގޮތުގައި ދައުލަަތަަށް މާބޮޑު މާލީ ބުރައެއް އަންނާނެ ކަމެއް ނޫން ކަ ންނޭނގޭ،" ޔާމީންގެ ވެރިކަމުގެ ފުރަތަމަ މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
މާލީ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ޖިހާދު ވިދާޅުވީ، ޔާމީނުގެ ވެރިކަމުގައި އެ މަނިކުފާނު ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން، ހުރިހާ ލޯނެއް ވެސް ނަގާފައި ވާނީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން އެކަށީގެންވާ ވަރެއްތޯ އާއި އެއީ ޑެޓް ސާވިސް ރޭޝިއޯ ފަދަ ކަންތައްތަކަށް ބަލައިގެން ކަމަށެެވެ. ރާއްޖޭގެ ދަރަނީގެ ހާލަތު ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އޭރު ގަވައިދުން ބަލަމުން އައި ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަދި އަައިއެމްއެފް ވޯލްޑް ބޭންކް ކޮންސަލްޓޭޝަން މިޝަން ކޮންމެ ފަހަރަކު އައިސް ހުރިހާ އެއްޗެއް ވަަރަށް ތަފްސީލުކޮށް ބަލާނެ. ހުރިހާ ލޯނުތަކެއް،" ޖިހާދު ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގެ ދަރަަނީގެ މިންވަރު މިހާރު ހުރީ އައިއެމްއެފާއި ވޯލްޑް ބޭންކުން ބަލާ މިންގަނޑުން ނަމަ މަތިކޮށް ކަމަަށް ޖިހާދު އެއްބަސްވެވަޑައިގަތެވެ. އެގޮތުން ދަރަނީ މިންވަރު މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ މަތީގައި ކަމަށާއި ހުންނަން ޖެހޭނީ 50 ޕަސެންޓަށް ވުރެ ދަށުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މުޅި މަޖިލިސް ކޮމިޓީގައި އެމްޑީޕީގެ ގިނަ މެމްބަރުން ކުރެއްވި އެއް ސުވާލަކީ ޗައިނާ އިން ނަގާފައިވާ ލޯނުތައް ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވާނީ ކިހިނެތްތޯ އާއި އެ ހާލަތުގައި އެ ގައުމުން ރާއްޖޭގެ ބިންތަކަކާ ހަވާލުނުވާނެތޯ އެވެ. މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ތަކުރާރުކޮށް އެސުވާލު ކުރެއްވި އެވެ.
ޖިހާދުގެ އިތުރުން، ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މުނައްވަރަށް އީވާ ތުހުމަތު ކުރެއްވި ގޮތުގައި އެ ބޭފުޅުން ވަނީ ޗައިނާގެ ދަރަނީގެ މަޅީގައި ރާއްޖެ ޖައްސައިފަ އެވެ. ޗައިނާ އިން ނެގި ލޯނުތައް ރާއްޖޭން ދެން ދައްކާނީ ކޯއްޗެއް ވިއްކާފައިތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
ދަރަނި ރިސްޓްރަކްޗާކުރަން މަޖިލީހުން ސަރުކާރަށް ލަފާދީފި
ތިން ފިނޭންސް މިނިސްޓަރުގެ ނުރުހުން ވެސް މަޖިލީހަށް
މިއީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއް: ތޯރިގު
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ
ކޮރޯނާވައިރަަސް އިން ޓޫރިޒަމަށް ހިޔަނި އެޅިއްޖެ: ރައީސް
ބޮޑު އެއްބަސްވުން ގާއިމްކުރަން މަޖިލީހުން ރުހުން ދީފި
ބޮޑު އެއްބަސްވުން ދިރާސާކުރަން އެންމެ ބައިގަޑިއިރު!
ޗައިނާގެ އެފްޓީއޭ އާއި ޑިއުޓީ ދަށްވުމާ ގުޅުމެއް ނެތް
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ