26 އޮކްޓޯބަރ 2021
އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެލި-ހާދޫ އަދި ހޯޑެއްދޫ ބްރިޖަކުން ގުޅާލަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެލި-ހާދޫ އަދި ހޯޑެއްދޫ ބްރިޖަކުން ގުޅާލަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ދެ ފަހަރެއްގެ މަތިން މަޑަވެއްޔާއި ހޯޑެއްދޫއާ ދެމެދު ކޯޒްވޭއަކުން ގުޅާލި އެވެ. އެކަމަކު ކޯޒްވޭ ހަދާފައިވާ ގޮތުން ހޯޑެއްދޫއަށް ރާޅު އަރައި ގެއްލުންވަމުންދާތީ މީހުން ނުކުމެ ދެ ފަހަރު ވެސް ކޯޒްވޭ ކަނޑާލީ އެވެ.
މިފަހަރު ދެ ރަށް ގުޅުވާލާއިރު އެ ދެމެދުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ، ހާދޫއާ ވެސް ގުޅާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ބްރިޖު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމްޓީސީސީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާ ސޮއިކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދު އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84.2 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން 223 މީޓަރުގެ ބްރިޖަކުން މަޑަވެއްޔާއި ގދ. ހާދޫ އަދި 160 މީޓަރުގެ ބްރިޖަކުން ހާދޫ އާއި ހޯޑެއްދޫ ގުޅާލާނެ އެވެ. އަދި 263 މީޓަރުގެ އެ ބްރިޖުގެ މަގު ހެދުމާއި 65 މީޓަރުގެ ހަތަރު ރިވެޓްމަންޓް ހަދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މަޑަވެލި-ހޯޑެއްދޫއާ ދެމެދު މިހާރު ހަދާފައިވާ ކޯޒްވޭ ނަގާފައި މި ބްރިޖު ހަދަނީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓްތައް ބެދި އޮއިވަރު ބްލޮކްވުމުގެ ސަބަބުން ދެ ރަށަށް ދިމާވެފައިވާ ރަށް ގިރުމާއި އުދަ އެރުމުގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ.
މިނިސްޓްރީން ބުނީ މިފަހަރު ހަދާ ބްރިޖު ޑިޒައިންކުރާނީ ކޮލަމްތަކަށް ސަޕޯޓްކޮށް ބްރިޖުގެ ދަށުން އޮއި ދެމޭ ގޮތަށް ކަމަށެވެ.
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަށް 84 މިލިއަން ރުފިޔާ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަލުން ހަދަނީ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލުން ގަބޫލެއް ނުކުރަން
ކޯޒްވޭގައި ޖެހުނީ ޑިޒައިންގެ މައްސަލައެއް: އެމްޓީސީސީ
ރައްޔިތުން ނުކުމެ މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލައިފި
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމައެއް ނުކުރާނެ
ރަޝީދުގެ އޮޓޮޕްސީ ހަދަން އާއިލާއިން ދެކޮޅު ހަދައިފި
ފުލުހުން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށް: ޕީޕީއެމް
ބަންދުގައިހުއްޓާ މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސްފި
ހައްޔަރުކުރި މީހާ ލޯންޗުގައި މަރުވުމުން ބޮޑު ތުހުމަތެއް