Roadha Mihaaru
ހުރްކާޒް ބަލިކޮށް މަރޭ ވިއޭނާ އޯޕަންގެ ދެވަނަ ބުރަށް

ހުރްކާޒް ބަލިކޮށް މަރޭ ވިއޭނާ އޯޕަންގެ ދެވަނަ ބުރަށް

26 އޮކްޓޯބަރ 2021

ވިއެނާ، އޮސްޓްރިއާ (އޮކްޓޯބަރު 26) - އޮސްޓްރިއާގައި ކުރިއަށްދާ އާސްޓް ބޭންކް އޯޕަން (ވިއޭނާ އޯޕަން) ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި، ފަސްވަނަ އަށް ސީޑު ކޮށްފައިވާ ހޫބާޓް ހުރްކާޒް ބަލިކޮށް، އެންޑީ މަރޭ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވިއެނާ، އޮސްޓްރިއާ (އޮކްޓޯބަރު 26) - އޮސްޓްރިއާގައި ކުރިއަށްދާ އާސްޓް ބޭންކް އޯޕަން (ވިއޭނާ އޯޕަން) ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި، ފަސްވަނަ އަށް ސީޑު ކޮށްފައިވާ ހޫބާޓް ހުރްކާޒް ބަލިކޮށް، އެންޑީ މަރޭ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މިއީ މަރޭ މި ސީޒަނުގައި ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިޔަކު ބަލިކުރި ފުރަތަމަ މެޗެވެ. ޕޮލެންޑުގެ ހުރްކާޒް މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 10 ވަނައިގަ އެވެ.

އުމުރުން 24 އަހަރުގެ ހުރްކާޒް ބަލިކުރި މެޗް ވަނީ ދެ ގަޑިއިރާއި 40 މިނިޓަށް ދެމިގެން ގޮސްފަ އެވެ. އިއްޔެ ކުޅުނު މި މެޗް މަރޭ ކާމިޔާބުކުރީ 6-4، 6-7 (6)، 6-3 އިންނެވެ.

މެޗަށް ފަހު، 34 އަހަރުގެ މަރޭ ބުނީ، ގިނަ ދުވަހު ނުކުޅެ ހުރުމުން އިދިކޮޅު ކުޅުންތެރިޔާގެ ހަރަކާތްތައް ދެނެގަންނަން އުނދަގޫވާކަމަށާއި، ނަމަވެސް މިހާރު ބޯޅަ ފެނުމާއި، ކުއްލި ހަރަކާތްތައް އަވަސް ވުމުން އަމިއްލަ ނަފްސާ މެޗު ޔަގީންކަން ބޮޑުވާކަމަށެވެ.

މިއީ މަރޭ މި އަހަރު ހުރްކާޒްއާ ދެކޮޅަށް ކުޅުނު ތިންވަނަ މެޗެވެ. ސިންސިނާތީ އޯޕެންގެ ދެވަނަ ބުރާއި، މޮސެލް އޯޕަންގެ ކުއާޓާ ފައިނަލުން ވެސް މަރޭ ބަލިވީ 7-6(4)، 6-3 އިންނެވެ. ފްރާންސްގެ މެޓްޒް ގައި ކުރިޔަށް ދިޔަ މޮލެސް އޯޕަން ކާމިޔާބުކުރީ ވެސް ހުރްކާޒް އެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި މާދަމާ މަރޭ ވާދަކުރާނީ ސްޕެއިންގެ އުމުރުން 18 އަހަރުގެ ކާލޯސް އަލްކަރާޒް އާ ދެކޮޅަށެވެ. މަރޭ ވަނީ މިމަހު ކުރީކޮޅު ކެލިފޯނިއާގައި ކުރިޔަށް ދިޔަ އިންޑިއަން ވެލްސް އޯޕަންސްގެ ދެވަނަ ބުރުގައި އަލްކަރާޒް ބަލިކޮށްފަ އެވެ. ދުނިޔޭގެ ރޭންކިންގައި އަލްކަރާޒް އޮތީ 42 ވަނައިގަ އެވެ.