Roadha Mihaaru
ކެރިއަރުގައި މިވަރުގެ މެޗެއް އަދި ނުކުޅެން: މަރޭ

ކެރިއަރުގައި މިވަރުގެ މެޗެއް އަދި ނުކުޅެން: މަރޭ

20 އޮކްޓޯބަރ 2021

އެންޓްވާޕް (އޮކްޓޯބަރު 20) - މި އަހަރުގެ ޔޫރަޕިއަން އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި، ކުރީގެ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިންގްލެންޑްގެ އެންޑީ މަރޭ އިއްޔެ އެމެރިކާގެ ފްރެންސިސް ޓައިފޯއާ ދެކޮޅަށް ކުޅެ މޮޅުވި މެޗަކީ ހަޔާތުގައި ވެސް ކުޅުނު ތިން ސެޓުގެ އެންމެ ދިގު މެޗު ކަމަށް މަރޭ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެންޓްވާޕް (އޮކްޓޯބަރު 20) - މި އަހަރުގެ ޔޫރަޕިއަން އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި، ކުރީގެ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިންގްލެންޑްގެ އެންޑީ މަރޭ އިއްޔެ އެމެރިކާގެ ފްރެންސިސް ޓައިފޯއާ ދެކޮޅަށް ކުޅެ މޮޅުވި މެޗަކީ ހަޔާތުގައި ވެސް ކުޅުނު ތިން ސެޓުގެ އެންމެ ދިގު މެޗު ކަމަށް މަރޭ ބުނެފި އެވެ.

މުބާރާތުގައި މަރޭ ވާދަކުރަނީ ވައިލްޑް ކާޑް ފުރުސަތަކުންނެވެ. އަނިޔާގެ ސަބަބުން ގިނަ މުބާރާތްތަކެއް ދޫކޮށްލަން ޖެހި އަދި ސާޖަރީއަށް ފަހު އައިސް ކުރިއެރުންތަކާ އެކު މިހާރު ދުނިޔޭގެ 189 ވަނައިގައި އޮތް މަރޭ މިމެޗުގެ ސެޓްތައް ގެންދިޔައީ 7-6(2)، 6-7(7)، 7-6(8) އިންނެވެ. މި ތިން ސެޓުގެ ކުޅުން ވަނީ ތިން ގަޑިއިރާއި 45 މިނިޓަށް ދެމިގެން ގޮސްފަ އެވެ.

މެޗަށް ފަހު މަރޭ ބުނީ، މިއީ ކެރިއަރުގައި ވެސް މިހާ ގިނައިރު ވަންދެން ކުޅުނު ތިން ސެޓުގެ މެޗު ކަމަށެވެ.

"އަހަރެންގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ކަންނޭނގޭ 7-6، 6-7، 7-6 ގެ މެޗެއް މި ކުޅުނީ ވެސް. އަދި އެހާ ގިނައިރު ކުޅެން ޖެހުނު،" އުމުރުން 34 އަހަރުގެ މަރޭ ބުންޏެވެ.

"އުމުރުން ދުވަސް ވެއްޖެކަން ވެސް ގަބޫލު ކުރަން. ޓުއާތަކުގައި ވަރަށް ބައިވަރު މެޗު ކުޅެވިއްޖެ. އެހެންނަމަވެސް ދިގު މެޗު ކުޅެވިދާނެ އަދިވެސް، އެކަމަކު މިވަރުގެ މެޗެއް އަދި ނުކުޅެން. މިއީ ވަރަށް ތަފާތު މެޗެއް."

މުބާރާތުގެ ދެވަނަ ބުރުގައި މަަރޭ ވާދަކުރާނީ ދެވަނައަށް ސީޑް ކޮށްފައިވާ އާޖެންޓީނާގެ ޑިއޭގޯ ޝުވާޓްޒްމަންއާ ދެކޮޅަށެވެ. ދުނިޔޭގެ ރޭންކިންގައި ޝުވާޓްޒްމަން އޮތީ 14 ވަނައިގަ އެވެ.