25 އޮކްޓޯބަރ 2021
ޕީޕީއެމް އާ އެކު ސިޔާސީ މަސައްކަތް ކުރަން ޖެހުނަސް، އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާ އެކު ސިޔާސީ މަސައްކަތް ކުރަން ޖެހުނަސް، އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓަރީ ކުރުމަށް ފަހު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެމްއެންޕީގެ އަސާސްތައް ގަބޫލުކުރާ ކޮންމެ ޕާޓީއަކާ އެކު ވެސް މަސައްކަތްކުރާނެ ކަމަށާއި ޕީޕީއެމްގެ މެންބަރުންނާ އެކު ވެސް މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ.
"ވަކި ބޭފުޅެއްގެ [ޔާމީންގެ] ވާހަކަ އަޅުގަނޑު ދެންނެވިން އަޅުގަނޑު މަސައްކަތް ނުކުރާނެ ކަމަށް. އެހެންނަމަވެސް ޕީޕީއެމް އަކީ އެ ޕާޓީއަކަށްޓަކައި އަޅުގަނޑު ވެސް ވަރަށް ބޮޑު ގުރުބާނީއެއް ވި ޕާޓީއެއް. އެ ޕާޓީގެ މެންބަރުންނަކީ އަޅުގަނޑު ވެސް ވަރަށް ލޯބިވާ މެންބަރުން،" ނާޒިމް ވިދާޅުވި އެވެ.
ޔާމީނާ އެކު މަސައްކަތް ނުކުރައްވާނެ ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ، އެމަނިކުފާނާ އެކު މަސައްކަތް ކުރެއްވި އިރު ވަރަށް ގިނަ ތަޖުރިބާތައް ކުރެއްވިފައި ހުރުމެވެ. ނަމަވެސް އެ ހުރިހާ ކަމެއް ހާމަކުރައްވަން ބޭނުން ނޫން ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރަން އަޅުގަނޑަށް ގަބޫލު ނުކުރެވޭ ސަބަބުތަކެއް އެބަހުރި. އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން އެބޭފުޅާގެ އެކައުންޓަށް 100 މިލިއަން ރުފިޔާ ޖަމާވީމާ ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރަނީ އެފަދަ ބޭފުޅަކު އެ މަގާމަށް ގެނެސްގެން އަޅުގަނޑު އެ ބޭފުޅަކާ އެކު މަސައްކަތްކުރުން އެއީ އެހާ ރަނގަޅު ކަމެއް ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ފިސްތޯލައެއް ގެންގުޅުނު ކަމުގެ ކުށުގައި، ނާޒިމް އަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ވެސް ކޮށްފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ފަހުން އެ ހުކުމް ބާތިލް ކުރީ އެވެ.
ޔާމީނާ އެކު މަސައްކަތް ނުކުރުމަކީ އަމިއްލަ ވިސްނުން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެކަމާ ޕާޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަތަކަށް އެމްއެންޕީން ރައްދުދީފި
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ: ނާޒިމް
އެއާޕޯޓް އަތުލަން ގާސިމާއި އިމްރާން ބޭނުމެއްނުވި:ޔާމީން
އިންޑިއާ އައުޓް ހަރަކާތް ހިންގަނީ ޔާމީންގެ ފައިދާއަށް
ދެ ޕާޓީގެ ވެސް ރިޔާސީ ޓިކެޓް ހޯދާކަށް ނޫޅެން: ނާޒިމް
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީ
ބޭނުންވަނީ ދުވެލި ހަލުވިކޮށް ނަތީޖާ ނެރެން: ރައީސް