12 މެއި 2022
ދައުލަތުގެ ބައެއް ވެރިން ހައްޔަރުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމިން އިންޒާރު ދެއްވުމާ ގުޅިގެން އެކަން ކުށްވެރިކޮށް, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ރައްދު ދީފި އެވެ.
ދައުލަތުގެ ބައެއް ވެރިން ހައްޔަރުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމިން އިންޒާރު ދެއްވުމާ ގުޅިގެން އެކަން ކުށްވެރިކޮށް, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ރައްދު ދީފި އެވެ.
ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކުގެ ބައެއް ބޭފުޅުންނަށް ޔާމީން އިންޒާރު ދެއްވީ ޕީޕީއެމުން މިދިޔަ އަންގާރަ ދުވަހު ވިލިމާލޭގައި ބޭއްވި ޖަލްސާއެއްގަ އެވެ. މަގާމުގައި އަބަދު ނުތިއްބެވޭނެ ކަމަށާއި ހާލަތު ބަދަލުވާ ދުވަހު ޖަލަށް ދާން ޖެހިދާނެ ކަމަށް ވިދާޅުވެ ޔާމީން އިންޒާރު ދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށެވެ.
ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ފަރުދަކު ވިޔަސް ނުވަތަ ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ކަމުގައި ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން، ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި, އެ ފަރާތްތަކަށް ދެމުންދާ އިންޒާރުތަކަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް އެމްއެންޕީން ބުންޏެވެ.
...އެފަދަ އަމަލުތައް ހުއްޓާލުމަށް އެ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
އެމްއެންޕީން ބުނީ ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ އޮފިސަރުން މަގާމުގެ ހައިސިއްޔަތުން ކުރާ ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެ ފަރާތްތަކަށް ބިރު ދައްކާ ކަމަށެވެ. އަދި އިންޒާރު ދިނުމުގެ އެފަދަ އަމަލުތަކަކީ ތަހުޒީބު މުޖުތަމައުއެއްގައި އަމަލުކުރަންޖެހޭނެ ގޮތެއް ކަމަށް އެ ޕާޓީން ނުދެކޭކަމަށް ވެސް އެމްއެންޕީން ބުންޏެވެ.
''އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާ ނަމަ އެ ކަމެއް ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކަށް އެ މައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި ސިޔާސީ ޕޯޑިއަމްތަކުގައި އެ ފަރާތްތަކަށް އިންޒާރު ދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއް ކަމަށް މި ޕާޓީން ނުދެކެމެވެ."
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީޕީއެމުން ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ހަރަކާތް ރަސްމީކޮށް ފެށުމަށް މިދިޔަ އަންގާރަ ދުވަހު ވިލިމާލޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
އެމްއެންޕީން ބުނީ ސަލާމަތީ ހިދުމަތްތަކަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ވަރަށް މުހިންމު ގާނޫނީ ޒިންމާތަކެއް ހަވާލުކުރެވިފައިވާ ފަރާތްތަކެއް ކަމަށްވާއިރު އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށްޓަކައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ޔާމީނާއެކު މަސައްކަތް ކުރާކަށް އެމްއެންޕީ ބޭނުމެއް ނުވޭ
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ: ނާޒިމް
އެއާޕޯޓް އަތުލަން ގާސިމާއި އިމްރާން ބޭނުމެއްނުވި:ޔާމީން
އިންޑިއާ އައުޓް ހަރަކާތް ހިންގަނީ ޔާމީންގެ ފައިދާއަށް
ދެ ޕާޓީގެ ވެސް ރިޔާސީ ޓިކެޓް ހޯދާކަށް ނޫޅެން: ނާޒިމް
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީ
ބޭނުންވަނީ ދުވެލި ހަލުވިކޮށް ނަތީޖާ ނެރެން: ރައީސް