13 ސެޕްޓެމްބަރ 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު އަދި ފަހުން ޖުމްހޫރީ ޕާޓީގައި އުޅުއްވި އިރު ވެސް "ސިއްރު އެޖެންޑާއަކުން" މަސައްކަތްތަކެއް ކުރެއްވީ ރިޔާސީ ޓިކެޓް ހޯދަން ކަމަށް އެ ދެ ޕާޓީން ކުރި ތުހުމަތު، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އުޅުއްވާ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ދޮގުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު އަދި ފަހުން ޖުމްހޫރީ ޕާޓީގައި އުޅުއްވި އިރު ވެސް "ސިއްރު އެޖެންޑާއަކުން" މަސައްކަތްތަކެއް ކުރެއްވީ ރިޔާސީ ޓިކެޓް ހޯދަން ކަމަށް އެ ދެ ޕާޓީން ކުރި ތުހުމަތު، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އުޅުއްވާ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ދޮގުކުރައްވައިފި އެވެ.
އޭނާ އިސްވެ ހުންނަވައި، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުންނާ އެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 5،000 މީހުންގެ ސޮއި ވަނީ ހަމަކޮށްފަ އެވެ. މި މަސައްކަތާ ގުޅުވައި ނާޒިމަށް ސިޔާސީ ގޮތުން ފާޑުކިއުންތަކެއް ދަނީ އަމާޒުވަމުންނެވެ.
އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ޔާމީންގެ ވެރިކަމުގައި ނާޒިމަށް ޑިފެންސް މިނިސްޓަރުކަން ލިބިވަޑައިގަތީ އޭނާގެ ހުރި ގާބިލު ކަމެއްގެ ސަބަބުން ނޫން ކަމަށެވެ. އެ މަގާމު ދެއްވުމުން ނާޒިމް މަސައްކަތް ކުރެއްވީ ރައީސް އޮފީހުގެ ތެރޭގައި އިންނަވައިގެން ރިޔާސީ ކެންޑިޑޭޓްކަން ހޯއްދެވުމަށް ކަމަށާއި އެކަމަށް ހުރަސް އެޅުއްވީ ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. "އެ ފުރުސަތު ރައީސް ޔާމީން [ނާޒިމަށް] ނުދެއްވީ،" އަދުރޭ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހްމަދު ސައުދު ވިދާޅުވެފައިވާ ގޮތުގައި ނާޒިމާއި އޭނާގެ ގާތް އެކުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެ ޕާޓީން ވަކިވެވަޑައިގަތީ ޕާޓީގެ ލީޑަޝިޕަށް ވަޑައިގަތުމުގެ މަސައްކަތް ނާކާމިޔާބުވުމުންނެވެ. ނާޒިމް މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަގާމުން ދުރު ކުރަން ކަމުގެ ތުހުމަތު ވެސް ސައުދު ކުރެއްވި އެވެ.
މި ތުހުމަތުތަކާ ގުޅިގެން ނާޒިމް "މިހާރު" އަށް ވިދާޅުވީ ދެ ޕާޓީގައި ވެސް އޭނާ ކުރެއްވީ އިހުލާސްތެރި މަސައްކަތްތަކެއް ކަމަށެވެ. ޔާމީންގެ ސަރުކާރުގައި އޭނާ ކުރެއްވި އެއްވެސް މަސައްކަތެއް ފެއިލްވެފައި ނެތުމަކީ އޭގެ ވަރަށް ބޮޑު ހެއްކެއް ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ޓިކެޓް ހޯދުމުގެ ތުހުމަތު އަޅުވައި ދައްކަނީ، ނާޒިމް ވިދާޅުވި ގޮތުގައި، ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. ބޭނުމަކީ ސިޔާސީ މަސައްކަތަށް އޭނާ ޕާޓީއަކާ އެކު ނުކުންނެވުމުން ނަފްރަތު އުފެއްދުން ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމުން އަމާޒުކުރާ ވާހަކަތަކުން ވެސް ސާފުވާން އޮތީ، އިހްލާސްތެރިކަމާ އެކުގައި ދެމި ހުންނަވަނިކޮށް އޭނާގެ މައްޗަށް އަނިޔާވެރިވުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޖަލަށް ދާން ޖެހުނީ އިހުލާސްތެރި މަސައްކަތާ މެދު ޝައްކު އުފައްދައި އަނިޔާވެރިވުމުން،" ނާޒިމް ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ގެއިން ފިސްތޯލެއް ފެނިގެން ނާޒިމަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
އެ ހުކުމުން މިނިވަންވީ މި ވެރިކަން ފެށުމުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓަރީކުރަން އަންނަ ބުދަ ދުވަހު ހުށަހަޅާ އެމްއެންޕީން ރިޔާސީ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ. އެއީ ވަކި މީހަކަށް އުފެއްދި ޕާޓީއެއް ނޫން ކަމަށާއި ގައުމީ ފިކުރުގައި ރައްޔިތުންގެ ހިދުމަތަށް އުފެއްދި ޕާޓީއެއް ކަމަށް ވިދާޅުވި އެވެ.
"ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ ސިޔާސީ މުސްތަގުބަލެއް ނެތުމާއި ޕާޓީގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ތަންފީޒު ނުވާތީ އެވެ. އެކަމަކު އާ ޕާޓީއެއް އުފައްދަނީ ސިޔާސީ ޕާޓީތަކުގެ ތަޖުރިބާ ބަދަލުކޮށް، ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރަން ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގާތީ ކަންބޮޑުވެއްޖެ
އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވެއްޖެ
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ކޮމިޓީތަކަށް ބަދަލު ނުގެނެވި، މަސައްކަތް ހުއްޓިފައި!
އެއާޕޯޓް އަތުލަން ގާސިމާއި އިމްރާން ބޭނުމެއްނުވި:ޔާމީން
އިންޑިއާ އައުޓް ހަރަކާތް ހިންގަނީ ޔާމީންގެ ފައިދާއަށް
ޔާމީންގެ ވާހަކަތަކަށް އެމްއެންޕީން ރައްދުދީފި
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
ބޭރުގެ ސިފައިން ތިބި ކަމުގެ ގާނޫނީ ހަމައެއް ނެތް:ޖޭޕީ