Roadha Mihaaru
މަޑަވެލި-ހޯޑެއްދޫ އެއްފަސްކުރަން ގޮވާލައި ގަރާރެއް

މަޑަވެލި-ހޯޑެއްދޫ އެއްފަސްކުރަން ގޮވާލައި ގަރާރެއް ފާސްކޮށްފި

25 އޮކްޓޯބަރ 2021

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫގައި އެއްފަސް ކުރުމަށް ގޮވާލައި މަޑަވެލި ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫގައި އެއްފަސް ކުރުމަށް ގޮވާލައި މަޑަވެލި ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

މަޑަވެލީ ކައުންސިލްގެ ޕީޕީއެމް ފަސް ކައުންސިލަރުން ސޮއިކޮށް އިއްޔެ ފާސްކުރި ގަރާރުގައި ވަނީ މަޑަވެއްޔާއި ހޯޑެއްދޫ އެއްފަސްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ނަމަވެސް މިއަދާ ހަމައަށް އެ ވައުދު ފުއްދަވާފައި ނުވާ ކަމަށެވެ.

އެކަމަކު މަޑަވެއްޔަކީ ބިން ދަތި ރަށަކަށްވެފައި އެއް ގެއެއްގައި ގިނަ އާއިލާތަކެއް ވެސް ދިރިއުޅެމުން އަންނަ ތަނަކަށްވާތީ އެކަމަށް ހައްލެއް ހޯދުމަށް ދެރަށް އެއް ފަސްކޮށްދިނުމަށް މަޑަވެލީ ކައުންސިލުގެ ގަރާރުގައި ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

އާބާދީގައި 1400 އެއްހާ މީހުން އުޅޭ ހޯޑެއްދޫއަކީ ބިން ބޮޑު ރަށެއް ނަމަވެސް މަޑަވެލި އޮތީ ފުރިފަ އެވެ. އެރަށުގެ އާބާދީ 1700 އިން މައްޗަށް އަރަ އެވެ. އެކަަމަކު އެރަށުގެ ހިއްކާފައި އޮތް ސަރަހައްދަކުން ބިން ދޫކުރަން ތައްޔާރުވަމުން އެބަދެ އެވެ.

ކޯޒްވޭއަކުން މަޑަވެއްޔާއި ހޯޑެއްދޫ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގުޅާލި ނަމަވެސް ބަޔަކު ނިކުމެ އެ ދެ ފަހަރު ވެސް ވަނީ ކޯޒްވޭ ކަަނޑާލައިފަ އެވެ. އެއީ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރައި، އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކަމަށް އެރަށުން ބުނެ އެވެ. އެކަމަކު ސަރުކާރުން މިހާރު ނިންމާފައި އޮތީ ކޯޒްވޭ އަލުން ޑިޒައިންކޮށް ބަޔަކާ ހަވާލުކުރާށެވެ.

ކޮންމެ ދުވަހަކު އެކި ބޭނުންތަކަށް މަޑަވެލިން ހޯޑެއްދޫއަށް ދަތުރުކުރަން ޖެހޭއިރު މި ކޯޒްވޭ ހޯޑެއްދޫ ކޮޅުން ކަނޑާލުމުން އެކަން މަޑަވެލިން ކުށްވެރި ވެސް ކުރެ އެވެ.