24 އޮކްޓޯބަރ 2021
ސަރުކާރުގެ ހަފުލާތައް ބާއްވާ ރަސްމީ ކޮންވެންޝަން ސެންޓަރު، ދަރުބާރުގޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެކަމުގެ ކަންބޮޑުވުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޅުކުރެއްވުމުން ހައުސިން މިނިސްޓްރީން މިއަދު ރައްދު ދީފި އެވެ.
ސަރުކާރުގެ ހަފުލާތައް ބާއްވާ ރަސްމީ ކޮންވެންޝަން ސެންޓަރު، ދަރުބާރުގޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެކަމުގެ ކަންބޮޑުވުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޅުކުރެއްވުމުން ހައުސިން މިނިސްޓްރީން މިއަދު ރައްދު ދީފި އެވެ.
ކޮވިޑް-19 ފެތުރުމާ ގުޅިގެން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގަމުން އަންނަ ދަރުބާރުގެ މިހާރު ހުރީ ބޭރުގެ ޓިނުތައް ނެއްޓި ވަރަށް ގެއްލުންތަަކެއް ވެފަ އެވެ. އެހެންވެ، މޭޔަރު އެކަމާ ކަންބޮޑުވެގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރުބާރުގޭގައި މީދާ ގިނަވެ، ވަރަށް ބޮޑަށް ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ.
މުއިއްޒުގެ އެ ކަންބޮޑުވުމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ދަރުބާރުގެ މަރާމާތު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
މިހާރުގެ ސަރުކާރުން ނިންމާފައި ވަނީ 1990 ވަަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ހެދި ދަރުބާރުގެ ތަޅައިލުމަށް ފަހު، އެ ތަނުގައި އާ އިމާރާތެއް އަަޅަން ކަމަށާއި އެޗްއީއޯސީގެ މަސައްކަތް އެހެން ތަނަކަށް ބަދަލުކޮށް ނުވަތަ އެ މަސައްކަތް ނިމި ދަރުބާރުގެ ހުސްވިހާ އަވަހަކަށް އެކަން ފަށާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
މިހާރު ކުރިޔަށް ގެންދަނީ އޭނާ ވިދާޅުވިގޮތުގައި، ދަރުބާރުގޭގެ އާ އިމާރާތް ޑިޒައިން ކުރުމާއި އެކަމާ ގުޅޭ އެހެން މަސައްކަތްތަކެވެ.
"މުއިއްޒަށް އެ ތަނުގައި ވާނުވާއެއް ނޭނގޭ. ހެޑްލައިނެއް ހައްދަވަން ބޭނުމުގައި ކުރައްވާ ޓުވީޓެއް އެއީ. ސަރުކާރުން މި ކަންކަން ގެންދަނީ ވީހާ ވެސް ރަނގަޅަކަށް ކަންކަން ނިންމަމުން،" އަކްރަމް ވިދާޅުވި އެވެ.
The main convention centre of the Maldives, Dharubaaruge, at an alarming state, with rats infestation amongst other failures. pic.twitter.com/XqUJVqt0cE
— Dr Mohamed Muizzu (@MMuizzu) October 23, 2021
ދަރުބާރުގޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން މުއިއްޒު ކަންބޮޑުވުން ފާޅު ކުރެއްވުމާއެކު، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތަން ދޫކޮށްފައި ދިޔަ ގޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދަރުބާރުގޭގެ މިހާރުގެ ހާލަތުން ސިފަވަނީ މުޅި ގައުމުގެ ހާލަތު ކަމަށެވެ. އެއީ ރާއްޖޭގައި ހުރި ހަމައެކަނި ސަރުކާރުގެ ރަސްމީ ކޮންވެންޝަން ސެންޓަރު ކަމަށާއި އެ ތަނަށް އަޅައި ނުލުމުން ހުތުރު ނަމެއް ލިބެނީ މާލޭގެ މީހުންނަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ދަރުބާރުގޭގެ ބޭރު ސީލިންގު ހަލާކުވެފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
"2012 ގައި އެމްޑީޕީ އުސްފަސްގަނޑުގައި ކޭމްޕު ޖަހައިގެން އުޅުން އިރު މުޅި ތަން [ދަރުބާރުގެ] ހަލާކު ކޮށްލާފައި އޮއްވައި 2013 ގައި މުޅި ތަން އެކީ މަރާމާތު ކުރިން. އޭސީތައް އާކޮށް ސީލިން ރަނގަޅުކޮށް ފާހަނަ ހަދައި ލިފްޓުލިން. މުޅި ތަން ރެނޮވޭޓް ކުރިން،" އެންމެ ފަހުގެ ދެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
"މިނިވަން 50 އާ ގުޅިގެން އިތުރު އަޕްގްރޭޑްތައް ވެސް ގެނައިން. ވެރިކަން 2018 ގައި ބަދަލުވިއިރު ހުންނާނީ ވަރަށް ރަނގަޅަށް."
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ގައި ދަރުބާރުގެ ހެދި ނަމަވެސް އެކި ފަހަރު މަތިން އެ ތަން ވަނީ ބަދަލުކޮށް، މަރާމާތު ކޮށްފަ އެވެ.
ތިން މިނިސްޓްރީގެ ހިދުމަތްތައް މާދަމާ ދޭން ފަށާނެ
ރޯވި ތިން މިނިސްޓްރީ ވަގުތީ ގޮތުން ދަރުބާރުގެއަށް
މާލޭގެ ނަތީޖާ ދެވަނަ ބުރުގައި މާ ރަނގަޅުވާނެ:މުއިއްޒު
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް
މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި
މުއިއްޒުގެ ޝަރީއަތް މިއަދު ނުބޭއްވުނު
މުއިއްޒުގެ ޝަރީއަތް: ހުށަހެޅުންތައް ބަލައެއްނުގަތް
މުއިއްޒު ވިދާޅުވީ އާބިޓްރޭޝަނަށް ބަޔާން ނުދެއްވާ ކަމަށް
މާލޭގައި ސްޓްރީޓް ފުޑް ތައާރަފް ކުރަން ވިސްނަނީ
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ