Roadha Mihaaru
މުއިއްޒުގެ ޝަރީއަތް މިއަދު ނުބޭއްވުނު

މުއިއްޒުގެ ޝަރީއަތް މިއަދު ނުބޭއްވުނު

06 އޮކްޓޯބަރ 2022

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ މިއަދު އަޑުއެހުން ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ މިއަދު އަޑުއެހުން ކެންސަލްކޮށްފި އެވެ.

ދޮގު ބަޔާން ދިން ކަމުގެ ދައުވާ މުއިއްޒުގެ މައްޗަށް ކުރަނީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލައިގައި ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ އަޑުއެހުން މިއަދު ހަވީރު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރީ ދިފާއީ ވަކީލުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެ މައްސަލައިގައި މުއިއްޒުގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. މިހާރު އޮތީ މުއިއްޒުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމުގެ މަރުހަލާގަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، މުއިއްޒުގެ މައްޗަށް އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު އެ އަށް ވުރެ އަދަބު ލުއިވުން ނުވަތަ ބޮޑުވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ނޫމަޑިއާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި 155 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ހައްލުކޮށް 55 މިލިއަން ޑޮލަރުގެ ބަދަލެއް އެ ކުންފުންޏަށް ދީފަ އެވެ.