05 މާޗް 2023
މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.
މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ދައުލަތުން ކުރަނީ ނޫމަޑިއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ރާއްޖެއިން ބޭރުގެ އާބިޓްރޭޝަންގައި މުއިއްޒު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ދައުލަތާއި ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ. ބާކީ ހުރީ މުއިއްޒުގެ ފަރާތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އަދި އެ ހެކިވެރިޔާގެ ހެކިބަސް ނެގުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
އެހެންވެ، އޭގެފަހުން އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުމެކެވެ. ހުލާސާ ބަޔާނަށްފަހު އޮންނާނީ ހުކުމް އިއްވުމެވެ. މުއިއްޒުގެ ފަރާތުން އެދިވަޑައިގަތީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.
އެހެން ނަމަވެސް ދައުލަތުން އެދުނީ އެ ދެ ބައި ވަކިން ކުރިއަށް ގެންދިއުމަށެވެ. އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ނިންމެވީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބައި މިމަހު ކުރިއަށް ގެންދިއުމަށްފަހު ހުލާސާ ބަޔާނުގެ ބައި ވަކިން ކުރިއަށް ގެންދިއުމަށެވެ.
މުއިއްޒުގެ ދިފާއީ ހެކިންގެ ތެރެއިން ދެ ހެއްކެއްގެ ހެކިބަސް މިއަދު ވަނީ ނަގައިފަ އެވެ. މިއަދު ފުރަތަމަ ހެކިބަސް ދިނީ ލ. ގަމު ކައުންސިލްގެ ކުރީގެ މެމްބަރެކެވެ. އޭނާ ހެކިބަސް ދިނީ ނޫމަޑިން އެރަށުގައި ހިންގަން ނިންމި ހައުސިން ޔުނިޓްގެ މަޝްރޫއާ ގުޅޭގޮތުންނެވެ.
ހެކިބަސް ދެމުން އޭނާ ވިދާޅުވީ ހައުސިން ޔުނިޓް އަޅާނެ ބިމަކާ ބެހޭގޮތުން ކައުންސިލުން މަޝްވަރާކުރި ކަމަށާއި އެކަމަކު 2014 ވަނަ އަހަރު އޭނާގެ ދައުރު ނިމުނުއިރު ބިން ހަވާލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ބިމުގައި ހުރި އާންމުންގެ ރުއްގަސްތަކަށް ބަދަލު ދިނުން ލަސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ނިމުމަކަށް އައުމުން ބިން ހަވާލު ކުރުމުގެ މަސައްކަތް ކައުންސިލްގައި ލަސްވެ، މަސައްކަތް ލަސްވެގެން ދިޔަ ކަމަށެވެ.
ދެވަނައަށް ހެކިބަސް ދިނީ ނޮޅިވަރަމްފަރު ކައުންސިލްގެ ކުރީގެ ރައީސެވެ. އޭނާގެ ނަން ވެސް މުއިއްޒުގެ ފަރާތުން ހުށަހެޅީ އެރަށުގައި އަޅަން ނޫމަޑިއާ ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ މަސައްކަތާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށެވެ.
ހެކިބަސް ދެމުން އޭނާ ވިދާޅުވީ ހައުސިން ޔުނިޓްގެ މަޝްރޫއުގެ މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުއާ މަޝްވަރާކުރި ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމި ބިމުގައި ހުރި އާންމުންގެ ރުއްގަސްތަކަށް ބަދަލު ދިނުމުގައި ހައެއްކަ މަސް ދުވަސް ހޭދަވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ސަބަބުން މަޝްރޫއުގެ މަސައްކަތް ލަސްވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނޫމަޑީގެ ސަބަބުން މަސައްކަތް ލަސްވިތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން އެ ސުވާލު ނުކުރެވޭނެ ކަމަށް ބުނެ ދައުލަތުން އިއުތިރާޒްކުރި އެވެ. އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވެސް ނިންމެވީ އެގޮތަށެވެ.
މުއިއްޒުގެ މައްޗަށް އެ ދައުވާ ސާބިތު ވިޔަސް، އޭނާގެ މައްޗަށް އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެއަށް ވުރެ އަދަބު ބޮޑުވުން ނުވަތަ ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
މުއިއްޒުގެ މައްޗަށް ދައުވާ ސާބިތެއް ނުވި
މުއިއްޒުގެ މައްސަލާގައި ޖިހާދު ހެކިބަސް ދެއްވައިފި
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް
މުއިއްޒަށް ހައި ކޯޓުން ވެސް ކާމިޔާބެއް ނުވި
މުއިއްޒުގެ ހުށަހެޅުންތައް ނާކާމިޔާބުވުމުން ހައި ކޯޓަށް
މުއިއްޒުގެ ޝަރީއަތް: ހުށަހެޅުންތައް ބަލައެއްނުގަތް
މުއިއްޒުގެ ޝަރީއަތް ފަސްކޮށްފި
މުއިއްޒަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ
މުއިއްޒާ ދެކޮޅަށް ހުށަހެޅި ފަސް މީހުން ހެކިބަސް ދީފި
މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި