20 އޮކްޓޯބަރ 2021
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާ ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ މަސައްކަތުގައި ގައުމުތަކުގެ ވެރިން ޒުވާނުންގެ އަޑުއަހަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާ ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ މަސައްކަތުގައި ގައުމުތަކުގެ ވެރިން ޒުވާނުންގެ އަޑުއަހަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހު 31 ގައި އިނގިރޭސިވިލާތުގައި ބާއްވާ ތިމާވެއްޓާ ބެހޭ އދ. ގެ ކޮންފަރެންސް "ކޮޕް26" އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ އެއް ދުވަހުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަކީ 24 އަހަރުން ދަށުގެ ޒުވާނުންނާއި ކުޑަކުދިންނަށް ވާއިރު ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރާނީ އެ ކުދިންގެ މުސްތަގުބަލަށް ކަމަށެވެ.
މި މަހު 31 ގައި އިނގިރޭސިވިލާތުގައި ބާއްވާ ތިމާވެއްޓާ ބެހޭ އދ. ގެ ކޮންފަރެންސް "ކޮޕް26" އަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބާއްވާ ކޮންފަރެންސްގެ ބައެއް ބައިވެރިން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެހެންވެ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ޒުވާނުންގެ އަޑުއެހުން މުހިންމު ކަމަށް، އިސްލާމީ މަރުކަޒުގައި ކުރިއަށްދާ ކޮންފަރެންސްގައި ޝައުނާ ވިދާޅުވި އެވެ.
"ޒުވާނުންގެ އަޑުއަހައި އެ މީހުންގެ ހިޔާލުތައް ބަލައިގަންނަ ބަޔަކަށް އަޅުގަނޑުމެން، ސަރުކާރުގެ ވެރިން ވާންވެއްޖެ. ޒުވާނުންގެ އަޑު އިއްވުމަށާއި އެމީހުންގެ ހިޔާލު ފާޅުކުރުމަށް ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މި މަހު 31 ގައި އިނގިރޭސިވިލާތުގައި ބާއްވާ ތިމާވެއްޓާ ބެހޭ އދ. ގެ ކޮންފަރެންސް "ކޮޕް26" އަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބާއްވާ ކޮންފަރެންސްގެ ބައެއް ބައިވެރިން. .-- ފޮޓޯ: ނިޝާން އަލީ / މިހާރު
ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޔުނިސެފްގެ ދެކުނު އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު ސުން އާ ކިމް ސޫ އާއި އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ފިޝާ އަދި އދ. ގެ ބައެއް އިސްވެރިން ވާހަކަދެއްކެވި އެވެ.
މި ކޮންފަރެންސްގައި ރާއްޖެ އާއި ޖަޒީރާ އެހެން ބައެއް ގައުމުތަކުގެ 100 އަށް ވުރެ ގިނަ ތިމާވެށީގެ އެކްސްޕާޓުންނާއި ވިޔަފާރީވެރިންނާއި އަދި ޒުވާނުން ބައިވެރިވެ އެވެ.
އެނަޖީ އެފިޝަންޓް މިންވަރު އަންގައިދޭން ސްޓިކާއެއް
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ
ރާއްޖެއާއެކު 15ގައުމަކަށް 135މިލިއަން ޑޮލަރުގެ އެހީ
ރާއްޖޭގެ ނާޒުކުކަން ބަލިޔަފަކަށް ނުހަދާ: ރައީސް
ޣައްޒާގެ 17،000 ކުއްޖަކު ތިބީ އާއިލާއާ ވަކިވެފައި
މޫސުމީ ގެއްލުމުގެ ބަދަލު ދޭ ފަންޑު ހަދަނީ
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން
ކަނޑުގެ ހިމާޔަތަށް ޒުވާނުން މުހިންމު: ޝާހިދު