18 އޮކްޓޯބަރ 2021
މެންދުރު ނަމާދު ވަގުތެވެ؛ މުހަންމަދު އިރުފާނަށް އިވުނީ، އެއްބަނޑު އެއްބަފާ ކޮއްކޮ ލީވާން އިބްރާހިމް ކަނޑަށް ވެއްޓިގެން ގެއްލިގެން އުޅޭ ވާހަކަ އެވެ. އެކަމަކު، އާއިލާ އަށް އޮތް އިތުބާރަކީ، އޭނާ ކަނޑަށް ފަރިތަ ކަމާއި ހިތްވަރުގަދަވާނެ ކަމެވެ. އެ ހީތައް ޔަގީނަށް ބަދަލުވީ، އުމުރުން 22 އަހަރުގެ ޒުވާނާ ގަދަ ކަނޑުގައި އެކަނިމާ އެކަނި 11 މޭލަށް ފަތާފައި ގޮސް ރަށަށް އެރުމުންނެވެ.
މެންދުރު ނަމާދު ވަގުތެވެ؛ މުހަންމަދު އިރުފާނަށް އިވުނީ، އެއްބަނޑު އެއްބަފާ ކޮއްކޮ ލީވާން އިބްރާހިމް ކަނޑަށް ވެއްޓިގެން ގެއްލިގެން އުޅޭ ވާހަކަ އެވެ. އެކަމަކު، އާއިލާ އަށް އޮތް އިތުބާރަކީ، އޭނާ ކަނޑަށް ފަރިތަ ކަމާއި ހިތްވަރުގަދަވާނެ ކަމެވެ. އެ ހީތައް ޔަގީނަށް ބަދަލުވީ، އުމުރުން 22 އަހަރުގެ ޒުވާނާ ގަދަ ކަނޑުގައި އެކަނިމާ އެކަނި 11 މޭލަށް ފަތާފައި ގޮސް ރަށަށް އެރުމުންނެވެ.
"ކަނޑުވި ވާހަކަ އިވުމާ އެކު އެންމެން ފެށީ ރޯން. އޭނާ އަކީ އަޅުގަނޑުމެންގެ ތެރެއިން އެންމެ ހަގަށް ހުންނަ މީހާ. ކާށިދޫ ކަނޑަށް ވެއްޓިގެން ހޯދަނީއޭ ބުނީމަ މި ރަށުން ވަގުތުން ލޯންޗެއް ވެސް ފޮނުވިން،" ކާށިދޫ ކަނޑަށް މިއަދު ވެއްޓުނު ލީވާންގެ ދޮށީ ބޭބެ، ކާށިދޫ ތްރީ ފްރެންޑްސް އިރުފާން ކިޔައިދިނެވެ.
މިއަދު މެންދުރު 12 ޖަހާކަން ހާއިރު، ހޯދަން ފެށި ލީވާން އޭނާ އުފަން ރަށް ކާށިދު އަށް އެރީ މީގެ ކުރިން މީހަކު، ކަނޑުމަތިން ސަލާމަތްވާން ނުކުރާ ވަރުގެ ބުރަ މަސައްކަތެއް ކުރުމަށް ފަހު އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި 11 ކިލޯ މީޓަރަށް ފެތުމަކީ އެއީ ފަސޭހަ ކަމެއް ނޫނެވެ. އަދި ބައެއް މީހުން އެކަން ސިފަކޮށްފައި ވަނީ އެއީ ނުވާނެ ކަމެއްގެ ގޮތުގަ އެވެ.
"ރަށަށް އެރިއިރު ވަރަށް ވަރުބަލިވެފައި ހުރީ. ލީވާން ބުނި ގޮތުން ދޯނީގައި ހުއްޓާ ކައްސާލި ވަގުތު ކަނޑަށް ވެއްޓިދާނެތީ އެއްޗެއްގައި ހިފަހައްޓައިގެން ވެސް އޮތް. އެ ވަގުތު އޭނާގެ ފައިގެ ކަށިމަތި ތަންތަން ވެސް ހަލާކުވި. އަނެއްކާ ރަށުގެ ފުއްޓަރު ފަރާތުން ރަށަށް އެރީމަ، ގާތަކުގައި ވެސް ޖެހި ޒަހަމްވެފައި އޮތީ،" އިރުފާން ކިޔައިދިނެވެ.
ޒުވާން ލީވާން އަކީ އެ ދޯނީގައި މަސައްކަތް ކުރާ ފަޅުވެރިއެކެވެ. ހުޅުމާލެ އިން އެ ދޯނި މިއަދު ފުރީ ރ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓަކަށް މުދާތަކެއް އަރުވައިގެންނެވެ. ގަދަ ކަމަށް މަޝްހޫރު، އަދި ރާޅު ވަރުގަދަ ކާށިދޫ ކަނޑުގައި ދޯނި ދުއްވަނިކޮށް އޭނާ ހީސްލަވައިގަނެގެން، ދެ ބުރީގެ އެ ދޯނީގެ ތިރިއަށް ދިޔައީ އެވެ. އޭރު ދޯނީގައި ތިބީ ބަންގްލަދޭޝްގެ ދެ މީހަކާއި ދެ ދިވެހިންނެވެ.
"ހީސްލަން ގޮސް ހުއްޓާ ޖެހި ރާޅަކާ އެކު ކައްސާލި ކަމަށް ވަނީ. އެހެންވެ އެއްވެސް މީހަކަށް އެކަމެއް ނުވެސް އިނގުނީ. ކައްޕި ވެސް އޮތީ އެހެން މީހަކާ ހުންގާނު ހަވާލުކޮށްގެން ނިދާފައި،" އިރުފާން ބުންޏެވެ.
"ލީވާން ނެތްކަން އެނގުނީ އޭނާ ވެއްޓުނުތާ ދެ ގަޑިއެއްހާ އިރު ފަހުން. އެ ހިސާބުން ދެން އެ މީހުން ރިޕޯޓް ކުރީ."
އިރުފާން އަށް އެކަން އެނގުނީ، މާލޭގައި ހުރި އޭނާގެ ބައްޕަ އެކަން އެންގުމުންނެވެ. އެ ހިސާބުން އާއިލާގެ އެންމެ ވަގުތުން އެލާޓް އަށް އައެވެ. ރަށުން ލޯންޗެއް ހޯދައިގެން އެ ސަރަހައްދަށް ފޮނުވި އެވެ. އަދި ކޯސްޓް ގާޑު ވެސް އެ ހިސާބުގައި ހަރަކާތްތެރިވާން ފެށި އެވެ. އަނެއްކޮޅުން ވަރުބަލި ކަމާ އެކު ލީވާން ފަތަމުން ދިޔައީ ރަށާ ދިމާ އަށެވެ.
"ލީވާން ބުނީ ދިރާގުގެ ޓަވަރު ފެނެއޭ. އެހެންވެ އެ ދިމާއަށް ފަތަން ފެށީއޭ،" އަފްރާހު ބުންޏެވެ.
"އެކަނިމާ އެކަނި މާ ކަނޑުގައި އަދި އެހާ ބިޔަ ރާޅުތަކުގެ ތެރޭގައި ފަތަން ޖެހުނީމަ ވަރަށް ބިރުގެންފައި ހުރީ. މިހާރު އޮތީ ނިދާފައި."
ލީވާން އާ ވާހަކަ ދެއްކުމަށް ފަހު އިރުފާން ބުނީ ދޯނިން އޭނާގެ އަތް ދޫވުމާ އެކު ހަޅޭއްލަވަން ފެށި އެވެ. އެކަމަކު އެ އަޑު އިވޭ ހިސާބުގައި މީހަކު ނެތީ އެވެ.
"ދޯނި ދިޔައީ ކުރިއަށް. ދޯނީގެ މީހުންނަށް ލީވާން ނެތް ކަން އެނގުނީމަ އަނބުރާލައިފައި އައި ދުއްވާފައި ދިޔަ މަގުން ވެސް."
އާއިލާ އަށް ލިބުނު ކުއްލި ޝޮކާއި ހިތާމަތަކަށް ފަހު، މިހާރު ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ. އެހެން މީހުން ވެސް ބުނާ ގޮތަށް އިރުފާން ވެސް އަދި އާއިލާ އިން ވެސް ގަބޫލުކުރަނީ މިއީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގަ އެވެ.
ކާށިދޫ ކަނޑުވި ދެ މީހުން ސަލާމަތްކަން ހޯދީ ޕެލެޓަކުން
ވެސްޓް ޕާކް ތޮށިގަނޑަށް ދޯންޏެއް އަރައިފި
ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި
ކަނޑުމަތީ ހާދިސާތަކެއް: ލޯންޗަކުން މީހަކު ކަނޑުވި
ކާށިދޫ ކަނޑަށް ވެއްޓުނު މީހާ ކާށިދު އަށް އަރައިފި
ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު ސަލާމަތްކޮށްފި
ސަފާރީއެއް ސަލާމަތްކުރަނިކޮށް ސާޖިންގެ ފައި ބިނދިއްޖެ
ރާޅު އަރައިގެން ދިޔައީ މީހުންނާއި ލަގެޖުތައް ހިފައިގެން
ކަނޑަށް ވެއްޓުނު އަންހެނަކު މަރުވެ ދަރިފުޅު ގެއްލިއްޖެ
ގަދަ ކަނޑުގައި މަރުގެ ތުންފަތްމަތީގައި!