15 އޮކްޓޯބަރ 2021
އިސްކޮޅުން އެންމެ ދިގު ފިރިހެނާގެ ރެކޯޑް ތުރުކީ މީހެއްގެ އަތުގައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، މި ވަގުތު އިސްކޮޅުން އެންމެ ދިގު އަންހެނާގެ ރެކޯޑް ވެސް އެ ގައުމުގެ މީހަކަށް ލިބިއްޖެ އެވެ.
އިސްކޮޅުން އެންމެ ދިގު ފިރިހެނާގެ ރެކޯޑް ތުރުކީ މީހެއްގެ އަތުގައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، މި ވަގުތު އިސްކޮޅުން އެންމެ ދިގު އަންހެނާގެ ރެކޯޑް ވެސް އެ ގައުމުގެ މީހަކަށް ލިބިއްޖެ އެވެ.
ރެކޯޑް ލިބުނު ރުމީސާ ގެލްގީގެ އިސްކޮޅަކީ 7 ފޫޓާއި 0.7 އިންޗި (215.16 ސެންޓިމީޓަރު) އެވެ. ގިނިސް ވޯލްޑް ރެކޯޑުން މިހާރު ވަނީ ރެކޯޑްގެ ސެޓްފިކެޓް ވެސް ރަސްމީކޮށް އޭނާއާ ހަވާލުކޮށްފަ އެވެ. އެންމެ ދިގު އަންހެނާހެ ރެކޯޑް ރެމީސާ އަށް ލިބުނު އިރު 2014 ގައި އޭނާ އަށް އިސްކޮޅުން އެންމެ ދިގު ފުރާވަރު އަންހެން ކުއްޖާގެ ރެކޯޑް ވެސް ލިބުނެވެ.
ރުމޭސާގެ އާދަޔާ ހިލާފު އިސްކޮޅަކީ ބައްޔެއް ކަމަށްވާ ވީވާ ސިންޑްރޯމްގެ ސަބަބުން ދިމާވި ގޮތެކެވެ. އަދި މިކަމާ ހެދި ފައިމައްޗަށް ކޮއްޅަން ހުރުމުގައި ދަތިތަކެއް ހުންނާތީ އޭނާ އާންމުކޮށް އިންނަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އެކަމަކު ހިނގަން ބޭނުންކުރާ ކަހަލަ ޓޫލެއް ބޭނުން ކޮށްގެން ރުމޭސާ އަށް އަމިއްލަ އަށް ހިނގައި އުޅެވެ އެވެ.
Formerly the tallest teenager, now the tallest living woman.
— #GWR2022 OUT NOW (@GWR) October 13, 2021
Congratulations to Rumeysa Gelgi! ?️
އޭނާ ކިޔައިދިން ގޮތުގައި އިސްކޮޅުން ދިގުކަމުން މީހުން ކުރިން އޭނާއާ ދިމާއަށް ވަރަށް ބަލައި، އެކި ކަހަލަ ބަސްތައް ވެސް ބުނެ އެވެ.
"ކޮންމެ މީހެއްގެ ވެސް ހުރެދާނެ އައިބު ކަމެއް. އެކަމަކު އެ އައިބު ކަމަކީ އެ މީހަކަށް އޮތް ދެރައެއް ނޫން. އަހަރެން ގަބޫލު ކުރަނީ އިސްކޮޅުން ދިގުވުމަކީ އަހަންނަށް ލިބުނު އެޑްވާންޓޭޖެއް ކަމަށް،" ރުމޭސާ ބުންޏެވެ. "އިސްކޮޅުން ދިގުނުވި ނަމަ އަހަރެންގެ ނަން ދެ ފަހަރަށް ރެކޯޑް ފޮތަށް ނޭރީސް."
ތުރުކީ އަށް އުފަން އިސްކޮޅުން އެންމެ ދިގު ފިރިހެނާ ސުލްތާން ކޯސެން، 39، ގެ އިސްކޮޅަކީ 8 ފޫޓް 2.8 އިންޗި (251 ސެންޓިމީޓަރު) އެވެ.
ސުލްތާނާއި ރުމޭސާގެ ކުރިން އެއް ގައުމަކަށް ނިސްބަތްވާ ދެ ޖިންސްގެ ދެ މީހަކަށް އެންމެ ދިގު މީހުންގެ ރެކޯޑް ކުރިން އޮތީ ޗައިނާއަށެވެ. އެއީ އިސްކޮޅުގައި 7 ފޫޓް 8.95 އިންޗި (236.1 ސެންޓިމީޓަރު) ހުރި ބާއޯ ޝީ ޝުން އާއި އިސްކޮޅުގައި 7 ފޫޓް 7 އިންޗި (233.3 ސެންޓިމީޓަރު) ހުރި ޔާއޯ ޑެފެން އެވެ. އެ ރެކޯޑް އެ މީހުންނަށް ލިބުނީ 2009 ގަ އެވެ.
އެންމެ ދިގު މީހާ އަންބަކު ހޯދަން ރަޝިއާގައި
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން
އެންމެ ކުރު އެއްމާބަނޑު ދެބެއިން އުފަލުން
މަސްނޫއީ ފަޔަކާ އެކު ޓްރެޑްމިލްގައި ދުވެގެން ރެކޯޑެއް
އުފަން ދުވަހު ފަތައިގެން ދުނިޔޭގެ ރެކޯޑެއް
މިއީ އެންމެ ބޮޑު އަންހެން އަނގަ
މިއީ އެންމެ ގިނަ ގޭމް ކޮންސޯލް ގެންގުޅޭ މީހާ
އެސްފިޔަ ދިގު މީހާ ރެކޯޑް އާކޮށްފި
އެންމެ ދުވަސްވީ އޮފީސް މެނޭޖަރުގެ އުމުރުން 90 އަހަރު
ރެކޯޑް ހެދި ދިގު ނިޔަފަތިތައް ކަނޑާލައިފި