13 އޮކްޓޯބަރ 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ބަންގްލަދޭޝް އަށް ނުދެވުނީ މުބާރާތުގެ ރެފްރީން ބޭނުން ނުވުމުން ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް މިއަދު ބުނެފި އެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ބަންގްލަދޭޝް އަށް ނުދެވުނީ މުބާރާތުގެ ރެފްރީން ބޭނުން ނުވުމުން ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް މިއަދު ބުނެފި އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ލީޑް ނަގާފައި ވަނިކޮށް ނޭޕާލުން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗު އެއްވަރުވުމުން ފައިނަލަށް ދިޔައީ ނޭޕާލެވެ. އޮސްކާ ބުނީ ބަންގްލަދޭޝް ފައިނަލަށް ގެންދަން މުބާރާތުގެ ރެފްރީން ބޭނުން ނުވާކަން އިންޑިއާ އާއި ބަންގަލަދޭޝް ކުޅުނު މެޗަށް ފަހު، އޭނާ އަށް އެނގުނު ކަމަށެވެ. މިއަދުގެ މެޗުގައި ރެފްރީކަން ކުރީ އުޒްބެކިސްތާންގެ ރެފްރީ އެކްސްރޯލް ރިކްސްކްލޭވް އެވެ.
މެޗު އެނބުރިގެން ދިޔައީ 79 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހްމާނަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އޭރިއާގެ ބޭރުން ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބޯޅަ އޭނާގެ އަތުގައި ޖެހުމުންނެވެ.
މެޗަށް ފަހު މެޗުގެ އޮފިޝަލުންނަށް ފުލުުން ހިމާޔަތް ދެނީ. ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމާމެދުވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައި --- ފޮޓޯ: ނިޝާން އަލީ | މިހާރު
އޮސްކާ ބުނީ އެއީ އޭނާގެ ކީޕަަރު ގަސްތުގައި ކުރި ކަމެއް ނޫންކަން ސާފުކޮށް އެނގޭ ކަމަށެވެ.
ނޭޕާލުން މެޗު އެއްވަރު ކުރީ އެ ޓީމުން ނެގި ހިލޭ ޖެހުމެއްގައި ބަންގަލަދޭޝްގެ ބިޝްވަނާތު ގޯޝް ނޭޕާލް ކުޅުންތެރިޔަކަށް ފައުލް ކުރުމުން ދިން ޕެނަލްޓީގަ އެވެ.
"އެ ބޯޅަ ދިޔައީ ބޭރަށް. ގޯލް ކުރިމަތިން ބަންގްލަދޭޝަށް ޖެހުން ދޭން ޖެހޭނީ. ނޭޕާލްގެ ކުޅުންތެރިޔާ ޕެނަލްޓީ އަށް ޑައިވްކުރި ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތް،" އޮސްކާ ބުންޏެވެ.
ފައިނަލްގައި ނޭޕާލް ވާދަކުރާނީ އިންޑިއާ ނުވަތަ ރާއްޖެއާ އެވެ. މިރޭ އެ ދެ ޓީމު ކުޅޭ މެޗު އެއްވަރު ކޮށްލިޔަސް ރާއްޖެ ފައިނަލަށް ދާނެ އެވެ. އިންޑިއާ ޖެހޭނީ މޮޅުވާށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރެ އެވެ.
އޮސްކާ ބުނަނީ ރެފްރީ ހުރީ ރާއްޖެއާއެކު ކަމަށް
އިންޑިއާ އަތުން ހޯދި ޕޮއިންޓާއެކު ބަންގްލަދޭޝް އެކަކަށް
ބާރުބާރަށް ދިޔަ އިންޑިއާގެ ފުޓްބޯޅަ މިހާރު މަޑުޖެހިއްޖެ
ރާއްޖެއާ މެދު އޮސްކާ ބެލީ ރޭންކިން އަށް
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ސާފުގެ ވާދަވެރި ތިން ގައުމުގައި ރާއްޖޭގެ ތަޖުރިބާ
ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްގެ ކޯޗަކަށް އޮސްކާ
އަމިއްލަ ގައުމުގައި ނުކުޅެވުނު ދެ ޓީމަށް ޕޮއިންޓެއް
ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްއަށް ޕްރެޝަރެއް
ޕާކިސްތާންވެސް ވަރުގަދަ، ރޭންކިން ހަނދާން ނައްތާލާ