Roadha Mihaaru
އެއްބަސްވުން ބަދަލުކޮށް، 16 މަގެއްގައި ތާރު އަޅަނީ

މާލޭގެ މަގުތަައް ހެދުމުގެ އެއްބަސްވުން ބަދަލުކޮށް، 16 މަގެއްގައި ތާރު އަޅަން ހަވާލުކޮށްފި

11 އޮކްޓޯބަރ 2021

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ކުރީގެ މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމަށް އާ ސިޓީ ކައުންސިލުން ބަދަލުތަކެއް ގެނެސް، މިއަދު އަނެއްކާ ވެސް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އާ އެއްބަސްވުމުގެ ދަށުން 16 މަގެއްގައި ތާރު އަޅަން ނިންމާފައިވާއިރު އޭގެ ތެރޭގައި އަމީނީ މަގާއި ފަރީދީ މަގާއި ބުރުޒު މަގު ފަދަ މަގުތައް ހިމެނެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހޮޓެލްގެ ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އާރްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ.

މިއީ ކުރީގެ ކައުންސިލުން "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ނަމުގައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުއެކެވެ. އެކަމަކު ކުރީގެ އެއްބަސްވުމުގައި އޮތީ މަގުތައް އަލުން ހަދާއިރު، ހުރިހާ މަގެއްގައި ވެސް އަލުން ގާ އަތުރައިގެން ހެދުމަށެވެ.

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެއްބަސްވުމަށް ގެނައި ބަދަލުތައް:

- 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުން.

- ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރު އެޅުން.

- މުއްދަތު އަވަސްކޮށް ދެ އަހަރު ތެރޭގައި މަޝްރޫއު ނިންމުން.

- ނޯތު ހާބާރު ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާއި ބޭރު މަގު ފުޅާކުރުން.

އެންމެ ބޮޑު ބޭނުމަކީ މަޝްރޫއު އަވަސްކުރުން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، މި އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މި މަސައްކަތް އެއްކޮށް ނިންމަން ހޭދަވާ މުއްދަތު ވީހާ ވެސް އަވަސް ކުރަން ބޭނުންވާތީ ކަމަށެވެ. މިހާރު މި ގެނައި ބަދަލާ އެކު ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މަގެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގެ އެއްބަސްވުން އޮތީ ފަހަރަކު މަގެއް ބަންދުކޮށްގެން ހަދަމުން ދާ ގޮތަށް. އެކަމަކު އެހެން އެކަން ކުރަންވެއްޖެ ނަމަ ދިގު މުއްދަތެއް ނަގާނެ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަން ހަވާލުކުރުމުން، ގިނަ މަގުތަކެއް އެއް ފަހަރާ ބަންދުކޮށްގެން މަސައްކަތް ކުރާނެތީ މާލޭގެ ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިވެދާނެ ކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އަވަހަށް މި މަސައްކަތް ނިމުމުން ލިބޭނެ ފަސޭހަ މާ ބޮޑުވާނެ ކަމަށެވެ.

ތާރު އަޅަން ނިންމި މަގުތަކާ ބެހޭގޮތުން މުއިއްޒު ވިދާޅުވީ، އެއީ މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ މަގުތައް ކަމަށެވެ.

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މި މަޝްރޫއުގެ އެއްބަސްވުމަށް ގެނައި ބަދަލާ ގުޅޭ ގޮތުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫކޭ ވެސް ވިދާޅުވީ މި ބަދަލުތަކާ އެކު މި މަޝްރޫއު އަށް އިތުރު ފުރިހަމަ ކަމެއް ލިބި، މަސައްކަތް އަވަހަށް ނިންމައިލެވޭނެ ކަމަށެވެ. އަދި ކައުންސިލުން އެދިފައިވާ ގޮތަށް މަޝްރޫއުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގައި އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދައުރުގައި ސޮއި ކުރި އެ އެއްބަސްވުމުގައިވާ ގޮތުން، ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އަށް ވެސް މި މަޝްރޫއުގެ ދަށުން ހައްލެއް ލިބޭނެ އެވެ. މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށްޓަކައި އާރްޑީސީއާ ހަވާލުކުރީ 462 މިލިއަން ރުފިޔާ އަށެވެ.