14 ޖޫން 2023
މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކުއްޔަށް ދިނުމުގެ ބާރު ކޮމިޓީއަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ބާރު މުޅި ކައުންސިލަށް ދިނުމަށް މިއަދު ފާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކުއްޔަށް ދިނުމުގެ ބާރު ކޮމިޓީއަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ބާރު މުޅި ކައުންސިލަށް ދިނުމަށް މިއަދު ފާސްކޮށްފި އެވެ.
ކައުންސިލްގެ މި ހަފުތާގެ އާންމު ޖަލްސާގައި އެ ނިންމުން އެ ގޮތަށް ފާސްކުރީ އެމްޑީޕީގެ ތެރެއިން ވަކިވެގަނެފައިވާ މެމްބަރުންތަކެއް އިސްވެ އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ ތިން މެމްބަރަކު އެ ގޮތަށް ހުށަހެޅުއްވުމުންނެވެ.
ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު ރީހާން ނާޒިމާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މާރިޔަމް ނާޒިމާ އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހުގެ ސިޓީގައި ވަނީ، މާލޭގެ އެއްވެސް ހުސް ޖާގައެއް، މަގެއް، މައިޒާނެއް، ޕާކެއް، ބިމެއް ވަކި ކަމަކަށް ނުވަތަ ވިޔަފާރިއަށް އެކަށަ އަޅައި ކުއްޔަށް ދޫކުރުމާއި އެ ތަންތަނަށް ބަދަލު ގެނެސް ތަރައްގީ ކުރުމާއި އެ ތަންތަނާ ގުޅޭގޮތުން އެންމެ ފަހު ބަސް ބުނާނީ ސިޓީ ކައުންސިލްގެ އާއްމު ރަސްމީ ޖަލްސާއަކުން ކަމަށް ބަދަލު ކުރުމަށެވެ.
އެހެންވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ކައުންސިލުން މިއަދު ފާސްކުރީ، ކައުންސިލްގެ އިހުތިސާސް ހިނގާ ތަންތަން ކުއްޔަށް ދޫކުރުން ފަދަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ކައުންސިލްގެ ރަސްމީ ޖަލްސާގައި އެކަން ނިންމުމަށެވެ.
ޕާކުތަކާއި ތަންތަން މިހާރު ކުއްޔަށް ދޫކުރަނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ފަސް މެމްބަރުންގެ "ޕާކް ކޮމިޓީ" އަކުންނެވެ.
ޑިމޮކްރެޓްސްގެ ތިން މެމްބަރުންގެ ސިޓީގައި ވިދާޅުވީ މޭޔަރު އުފައްދަވާ ކުޑަ ކޮމިޓީއަކުން އެކަނި އެކަންކަން ނިންމުމަކީ ކޮރަޕްޝަނަށް މަގުފަހިވެ، އާއްމު މަސްލަހަތުގެ މައްޗަށް ވިޔަފާރިވެރިންނާއި ނުފޫޒުވެރިންގެ މަސްލަހަތު ކުރިއަށް ނެރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އޭގެ ސަބަބުން ކައުންސިލްގެ މައްޗަށް ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމުގައި ކައުންސިލަރުންގެ ދައުރު ހަނިވެ، ހަވާސާ ވާ ކަމަށް ވެސް، އެ ތިން މެމްބަރުން މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.
"ބިމާ ބެހޭ ނިންމުންތަކާއި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކަންކަމާއި މާލީ އިލްތިޒާމެއް އެކުލެވިގެންވާ އެއްވެސް ކަމަކީ ވަކިވަކި ކައުންސިލަރުންނަށް ނުވަތަ ކައުންސިލްގައި އެކުލަވާލާ ވަކި ކުޑަ ކޮމިޓީއަކުން ކަނޑައަޅާ، ފަހު ބަސް ކިޔުމުގައި ގާނޫނީ އަދި ދުސްތޫރީ ހައިސިއްޔަތު ލިބިގެންވާ ކަންކަމެއް ވެސް ނުމެ ނޫންނެވެ،" ސިޓީގައި ވެ އެވެ.
އެހެންވެ، އެ ބޭފުޅުން އެދިވަޑައިގަތީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ އެއްވެސް ހުސް ޖާގައެއް، ޕާކެއް، މަގެއް ނުވަތަ ބިމަކީ ވަކި ކަމަކަށް ބޭނުންކުރަން ކަނޑައެޅުމާއި އެތަންތަން ކުރު ނުވަތަ ދިގު މުއްދަތަކަށް އެކި ވިޔަފާރީގެ ބޭނުންތަކަށް އެކަށައަޅައި ކުއްޔަށް ދޫކުރުމުގައި އެތަންތަނަށް ބަދަލު ގެނެސް ތަރައްގީ ކުރުމުގައި އެ ތަންތަނާ ގުޅޭގޮތުން ލިބޭ ޕްރޮޕޯޒަލްތައް ވިލަރެސްކޮށް، ފަހު ބަސްބުނެ ގޮތް ކަނޑައަޅާ ނިންމުމުގެ އިހުތިޔާރު ދާއިމީ ނުވަތަ ވަގުތީ ކޮމިޓީއަކަށް ލިބިގެންނުވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމޭނީ ކައުންސިލްގެ އާއްމު ޖަލްސާއަކަށް އެޖެންޑާކޮށް، ފާސްކޮށްގެން ކަމަށް ކަނޑައަޅައިދިނުމަށެވެ.
އަމީނީ މަގުގައި 335 ސައިކަލުގެ ޕާކިން ޒޯނެއް
ސަލްމާން މިސްކިތަށް ޕާކިން ޒޯން ހަދަން ފުރުސަތު ނުދިން
ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި
ޕާކިން ޖާގަ ދޫކޮށް،ގަރާޖެއް ގޮތަށް ރަޖިސްޓްރީކޮށްދޭނަން
މޭޔަރުގެ ގިނަ ބާރުތަކެއް މުއިއްޒު ދޫކޮށްލައްވައިފި
ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ
މާލެ ބަލަހައްޓަން 78 "މަގުފާރަވެރިން" މަގުތަކަށް!
ތާރުމަގު މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި