Roadha Mihaaru
ފުރަތަމަ އިސްކަންދޭނީ އެޖެންޑާއެއް އެކުލަވާލަން: ފާރިސް

ސައިޒު ކުޑަޔަސް އިސްކަންދޭނީ ފުރިހަމަ އެޖެންޑާއެއް އެކުލަވާލަން: ފާރިސް

07 އޮކްޓޯބަރ 2021

އާ ލީޑަޝިޕުގެ އިސްކަމަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފުރަތަމަ ފެށުމަށް ވުރެން ރައްޔިތުންނަށް ފައިދާވާ އެޖެންޑާއެއް އެކުލަވާލުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

އާ ލީޑަޝިޕުގެ އިސްކަމަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފުރަތަމަ ފެށުމަށް ވުރެން ރައްޔިތުންނަށް ފައިދާވާ އެޖެންޑާއެއް އެކުލަވާލުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.

ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒައީމަކަށް ހުންނެވި އެމްއާރުއެމްގެ ކޮންގްރެސްއަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ ޕާޓީގައި މިވަގުތު މެމްބަރުން މަދު ކަަމަށާއި މެމްބަރުން އިތުރުކުރަން ޖެހޭ ކަމަށެވެ. އީސީގެ ދަފްތަރު ދައްކާ ގޮތުން އެ ޕާޓީގައި މިވަގުތު ތިބީ 3،401 މެމްބަރުންނެވެ.

މެމްބަރުން އިތުރުކުރުމަށް ވުރެން އިސްކަންދީގެން މިވަގުތު ކުރަމުން އަންނަނީ، ފާރިސް ވިދާޅުވި ގޮތުގައި، ގައުމުގައި ގާއިމްކުރަން ބޭނުންވާ އެޖެންޑާ ފުރަތަމަ ޕާޓީގެ ތެރޭގައި ކަނޑައެޅުމެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ކުރެވޭ މަސައްކަތަކީ ރަނގަޅަށް ކުރެވޭ މަސައްކަތެއްކަން އެންމެ ގަބޫލުކުރުން،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް، އެ ޕާޓީން ގަބޫލުކުރާ އުސޫލުތައް ދޫނުކުރާނެ ކަމަށެވެ. ޕާޓީގެ އަމާޒަކީ މިންތީގެ ތަފާތުކުރުން ނައްތާލައި އިންސާފުން އަމަލުކުރާ ޕާޓީއެއްކަން ސާބިތުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

ރަނގަޅު ވާހަކައެއް ހިފައިގެން ރަނގަޅު މަގްސަދެއްގަ ބަޔަކު މަސައްކަަތް ފަށައިފިއްޔާ އަޅުގަނޑުމެންނަށް ތާއިދުކުރާ މީހުން ވެސް އިތުރުވާނެ، އަޅުގަނޑުމެންނާ ގުޅެން ބޭނުންވާ މީހުން ވެސް އިތުރުވާނެ. -- ފާރިސް

އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ފުރުސަތުތަކާ އެކު ރައްޔިތުންނާ ހަމައަށް ފުރިހަމަ އެޖެންޑާއެއް ގެންނާނެ އެވެ. ޕާޓީއަށް މެމްބަރުން އިތުރުކުރާނީ އޭގެ ފަހުން އިހްލާސްތެރިކަމާ އެކުގައި ކަަމަށް ވިދާޅުވި އެވެ.