05 އޮކްޓޯބަރ 2021
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ އަހުސަން ބަޝީރުގެ މަރައިލި މައްސަލައިގައި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ހަތް އަހަރު ފަހުން، ހައި ކޯޓުގައި އިއްޔެ ކުށް ސާބިތުވުމުން އޭނާ ހައްޔަރު ކޮށްފި އެވެ.
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ އަހުސަން ބަޝީރުގެ މަރައިލި މައްސަލައިގައި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ހަތް އަހަރު ފަހުން، ހައި ކޯޓުގައި އިއްޔެ ކުށް ސާބިތުވުމުން އޭނާ ހައްޔަރު ކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން، 2011 ގައި މަޖީދީމަގާއި އަލިކިލިގެފާނު މަގާ ގުޅުނު ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ، އަހުސަނަށް ހަމަލާދީ މަރައިލި މައްސަލައިގައި މއ. ވީނަސްތަރި، ޝިމާޒްގެ އިތުރުން ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް 2014 ގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވެ އެ މީހުން ސަލާމަތްވި އެވެ. މަރުގެ އެހެން މައްސަލައެއްގައި ޝަހުމް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަޔަސް، ޝިމާޒް މިހާތަނަށް ހުރީ މިނިވަންވެފަ އެވެ.
އޭގެ ހަތް އަހަރު ފަހުން ހައި ކޯޓުން އިއްޔެ ވަނީ ޝަހުމާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކޮށްފަ އެވެ. އެކަމަކު އަދަބު ކަނޑައެޅުމުން އަހުސަންގެ ވާރިސުންގެ ބަސް ހޯދަން ޖެހޭތީ އެ މީހުންގެ މައްޗަށް އަދި އަދަބެއް ކަނޑަނާޅަ އެވެ. އަދަބު ކަނޑައެޅެންދެން ޝިމާޒް 10 ދުވަހަށް ބަންދުގައި ބަހައްޓަން ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ ހައި ކޯޓުގެ ހުކުމާ އެކު، ޝިމާޒް އިއްޔެ ހަވީރު ހައްޔަރުކުރީ އައްޑޫން ކަމަށެވެ.
އަހުސަންގެ ވާރިސުންގެ ބަސް އިއްޔެ ހޯދާފައިވާތީ ދެން އޮންނާނީ އަދަބާ ބެހޭގޮޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުމެެވެ. މަރުވި މީހާގެ ވާރިސުންނަށް އިސްލާމީ ޝަރީއަތުގެ ދަށުން މަރަށް މަރު ހިފުން ނުވަތަ މަރުގެ ދިޔަ އަތުލުން ނުވަތަ މާފު ދިނުމުގެ ބާރު އޮވެ އެވެ.
އަހުސަންގެ މަރު:ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ނަދީމްގެ މަރު:ބަންދު ނުކުރި މައްސަލަ އިސްތިއުނާފްނުކުރި
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
ނަދީމްގެ މަރު: ބަންދުނުކުރި މައްސަލަ ހުކުމާ ހަމައަށް
"ނަދީމްގެ މަރުގެ ދައުވާލިބޭމީހުން ބަންދުނުކުރުން ގޯސް"
ނަދީމްގެ މަރު:މީހުން ބަންދުނުކުރި މައްސަލަ ބަލަނީ