Roadha Mihaaru
ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ޑައުން ވެއްޖެ

ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ޑައުން ވެއްޖެ

04 އޮކްޓޯބަރ 2021

ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ދާދި ދެންމެއަކު ޑައުން ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ދާދި ދެންމެއަކު ޑައުން ވެއްޖެ އެވެ.

މިއީ މުޅިން ވެސް ފޭސްބުކުން ހިންގާ އެޕްތައް ކަމަށް ވާއިރު، މި އެޕްތައް ޑައުންވީ ރާއްޖޭގެ ގަޑިން މިރޭ 9 ޖަހާކަށް ހާއިރެވެ. މަސައްކަތުގެ މަހާއުލުތަކަށް ހާއްސަ ފޭސްބުކްގެ އެހެން އެޕްލިކޭޝަނެއް ކަމަށްވާ "ވޯކްޕްލޭސް" ވެސް ވަނީ ޑައުންވެފަ އެވެ.

ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެޕްތަކަށް ވަނުމުން ބައެއް މީހުނަށް ފެންނަނީ "އެރާއެއް" އަރައިފައި އިން ތަނެވެ. އަދި ބައެއް އެޕްތައް ވަރަށް ގިނައިރުން ލޯޑު ވެސް ވެ އެވެ. އެކަމަކު ލޯޑު ވިޔަސް، އެއްވެސް އާ ކޮންޓެންޓެއް ނުފެނެ އެވެ.

މި އެޕްތައް ޑައުންވާން ދިމާވި ސަބަބެއް އަދި ޔަގީނެއް ނުވެ އެވެ. ފޭސްބުކުން ވެސް އަދި އެއްޗެއް ނުބުނެ އެވެ.