04 އޮކްޓޯބަރ 2021
ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަނެއްކާ ވެސް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަނެއްކާ ވެސް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
އެ މަނިކުފާނުގެ މި ނިންމެވުން މި އައީ ދައްޕަރު އަނބުރާ ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނުމަށް ފިއްލަދޫގެ ކައުންސިލާއި ރައްޔިތުން ގުޅިގެން 450 މީހުންގެ ސޮޔާ އެކު ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައްޕަރުގެ މައްސަލައާ ގުޅޭ ގޮތުން ފިއްލަދޫ ކައުންސިލާ މަޝްވަރާތައް ކުރިއަށް ގެންގޮސް އަދި އިކޮނޮމިކް ކައުންސިލްގައި ވެސް މިކަމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކަށް ފަހު ރައީސް ނިންމެވީ ދައްޕަރު އަނެއްކާ ވެސް ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނުމަށް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ހއ. ފިއްލަދޫގެ އިހުތިސާސުން އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހެޅުން.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު
ދައްޕަރުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ އެކު، ރައީސަށް ޕެޓިޝަނެއް ހުށަހެޅީ ފިއްލަދޫގެ ކައުންސިލާއި އެ ރަށުގެ މީހުން ގުޅިގެން ކުރިއަށް ގެންދާ "ސޭވް ދައްޕަރު" ކެމްޕެއިންގެ ދަށުންނެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެ ކެމްޕެއިނަށް އެހީތެރިވި އެވެ.
ޕެޓިޝަންގައި ބުނެފައި ވަނީ، ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ މީހުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށުގެ އޮފީހަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން އެ ރަށް ވަކިކޮށްފައި ވާތީ ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ.
ފިއްލަދޫގެ މީހުން ބޭނުންވީ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ވެސް ދައްޕަރު ހިމަނައި އެ ރަށް ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބޭ ތަނަކަށް ހެދުމަށެވެ.
ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިސޯޓު ތަރައްގީ ކުރަން ކަނޑައެޅި ސަރަހައްދެކެވެ. އަދި ފަހުން މި ސަރުކާރުގައި ވެސް އެ އެތަން ރިސޯޓު ތަރައްގީކުރަން ދޫކުރަން ނިންމި ނަމަވެސް އެ ތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީ ވެސް ރައީސްގެ ގަރާރަކުން މިދިޔަ އަހަރުގެ މާޗު މަހު އެވެ.
ނަމަވެސް، ފަހުން ރައީސް ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެގޮތަށް ނިންމެވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުންނެވެ.
ދައްޕަރުގެ ތަރައްގީގެ ޕްލޭން ކައުންސިލުން ފަށަނީ
ދައްޕަރު މައްސަލައިގައި ރައީސާއި މަޖިލީހަށް ޕެޓިޝަނެއް
ނ.އަތޮޅުގެ 5 ރަށަކަށް މާދަމާ ރައީސް ވަޑައިގަންނަވަނީ
ބަޖެޓާ ގުޅޭ ގޮތުން ރައީސް މެންބަރުންނާ ބައްދަލުކޮށްފި
މަޝްވަރާ ވެސް ނުކޮށް ފިއްލަދޫން ދައްޕަރު ވަކިކޮށްފި
އުތުރުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވަނީ
ރައީސް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ފެނަކައިގެ 13 ކަމެއް އިސްލާހުކުރަން ވަނީ އަންގާފައި
ރިޔާސީ ބަޔާން: ގައުމު ކުރިއަށް ގެންދާނެ ގޮތުގެ ތަރުތީބަށް
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން