ގަތަރުގައި އިއްޔެ ބޭއްވި، އެ ގައުމުގެ އާންމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހަށް ވާދަކުރެއްވި 26 އަންހެން ކެންޑިޑޭޓުންގެ ތެރެއިން އެކަކު ވެސް އިންތިހާބު ނުވާ ކަމަށް، ގަތަރުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ގަތަރުގައި އިއްޔެ ބޭއްވި، އެ ގައުމުގެ އާންމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހަށް ވާދަކުރެއްވި 26 އަންހެން ކެންޑިޑޭޓުންގެ ތެރެއިން އެކަކު ވެސް އިންތިހާބު ނުވާ ކަމަށް، ގަތަރުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ގަތަރުގައި އިއްޔެ ބޭއްވި އާންމު އިންތިހާބަކީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް (ޝޫރާ މަޖިލިސް)ގެ ތިން ބައިކުޅަ ދެ ބައި އިންތިހާބު ކުރުމަށް ބޭއްވި ފުރަތަމަ އިންތިހާބެވެ.
ގަތަރުގެ ޝޫރާ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން ބާއްވަން އެންމެ ފުރަތަމަ ތާވަލު ކުރީ، 2013 ވަނަ އަހަރުގެ ފަހު ހަ މަސް ތެރޭގަ އެވެ. ނަމަވެސް 2016 ވަނަ އަހަރަށް އިންތިހާބު ފަސްކުރި ކަން، 2013 ވަނަ އަހަރުގެ ޖޫން މަހު، ގަތަރު ސަރުކާރުން އިއުލާން ކުރި އެވެ. އަދި 2016 ވަނަ އަހަރު ވެސް، ވަކި މުއްދަތެއް ކަނޑަނާޅައި އިންތިހާބު ފަސްކުރި އެވެ.
އެންމެ ފަހުން، މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް، ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އާލް ޘާނީ ވައުދުވެވަޑައިގެންނެވި އެވެ. އެ ވައުދާ އެއްގޮތަށް އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލުމުގައި ބައިވެރިވީ، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 63.5 ޕަސެންޓް މީހުންނެވެ. އިންތިހާބުގެ ކަންތައް ކުރިއަށް ދިޔައީ، ބޮޑުވަޒީރު ޚާލިދު ބިން ޚަލީފާގެ ރިއާސަތުގެ ދަށުން، ގަތަރުގެ އަމީރު އެކުލަވައިލެއްވި ހާއްސަ ކޮމިޓީއަކުންނެވެ.
ގަތަރުގެ ޝޫރާ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ޖުމްލަ އަދަދަކީ 45 އެވެ. އޭގެ ތެރެއިން އިއްޔެގެ ވޯޓުލުމުގައި އިންތިހާބު ކުރާނީ 30 މެމްބަރުންނެވެ. އަނެއް 15 މެމްބަރުންނަކީ ގަތަރުގެ އަމީރު އައްޔަން ކުރައްވާ މެމްބަރުންނެވެ.
ޝޫރާ މަޖިލީހުގެ 30 ގޮނޑީގެ ތެރެއިން 26 ގޮނޑިއަކަށް އަންހެނުން ވާދަ ކުރި އެވެ. ނަމަވެސް އެއިން އެއްވެސް އަންހެނަކު އިންތިހާބު ނުވުމަކީ، އަންހެނުން ސިޔާސީ ކަންކަމުގައި ބައިވެރިވުމާ މެދު ގަތަރުގެ އާންމު ރައްޔިތުންގެ މެދުގައި އަދިވެސް ހޭލުންތެރިކަން ކުޑަ މިންވަރު ދޭހަވާ ކަމެއް ކަމަށް، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެ އެވެ.
އިންތިހާބުގައި ވާދަކުރި ބައެއް އަންހެނުން ބުނި ގޮތުގައި، ގަތަރުގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު ނުލިބުމަކީ ވަރަށް ނާއުންމީދު ކުރުވި ކަމެކެވެ.
"ޝޫރާ މަޖިލީހުގައި ހަމައެކަނި ފިރިހެނުން ތިބުމަކީ ގަތަރުގެ ތަސައްވުރެއް ނޫން. އަދި ކުރިމަގުގައި ބާއްވާ އިންތިހާބުތަކުގައި އަންހެން ކެންޑިޑޭޓުންނަށް ގިނަ ބަޔަކު ވޯޓު ދިނުމަކީ ވަރަށް ބޭނުންތެރިކަމެއް،" ޝޫރާ މަޖިލީހުގެ މެންބަރުކަމަށް ވާދަކުރި، އައިޝާ ހަންމާމް އަލް ޖާސިމް ވިދާޅުވި އެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަކުރެއްވި ވަރަށް ގިނަ އަންހެން ކެންޑިޑޭޓުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ބިދޭސީ ފިރިހެނުންނާ އިނދެގެން އުޅޭ ގަތަރުގެ އަންހެނުންނަށް ލިބޭ ދަރިންނަށް، ގަތަރުގެ ރައްޔިތުކަން ނުލިބޭ މައްސަލަ އެވެ. ގަތަރާ ހިލާފަށް، ގަލްފުގެ އެހެން ގައުމުތަކުގައި، ބިދޭސީ ފިރިހެނުންނާ އިނދެގެން ލިބޭ ދަރިންނަށް، އެކުއްޖެއްގެ މައިމީހާ ނިސްބަތްވާ ގައުމެއްގެ ރައްޔިތުކަން ލިބެ އެވެ.
"ފިރިހެނުން އަންހެނުންނަށް ވޯޓު ދޭންވީ ކީއްވެކަން ފިރިހެނުންނަށް ވިސްނައިދޭން އިތުރު މަސައްކަތް ކުރަންޖެހޭ. މި މުޖްތަމައުގައި ސިޔާސީ ގޮތުން ބަސް ބުނުމުގެ ފަންތީގައި އަންހެނުންނަށް ވެސް ހައްގު ދައުރެއް އެބަ އޮތްކަން، ގިނަ ބަޔަކަށް ވިސްނައިދީ ގަބޫލުކޮށްދޭން އަހަރެން އަދިވެސް އިތުރު މަސައްކަތް ކުރާނަން،" އިއްޔެގެ އިންތިހާބުގައި ވާދަކުރި އިންޑަސްޓްރިއަލް އިންޖިނޭރެއް ކަމަށްވާ އަލް މަހާ އަލް މާޖިދު، 34، ވިދާޅުވި އެވެ.
ބާރުއަޅަނީ މަޖިލީހުގައި މިންތީގެ ހަމަހަމަކަމަށް: ރައީސް
ސިޔާސީ ދާއިރާއަށް އަންހެނުންނަށް ހިތްވަރު ދޭ ކެމްޕެއިން
ޓޫރިޒަމް ސިނާއަތަށް މި ދައްކައިދެނީ ނަމޫނާ މަސައްކަތެއް
ސިޔާސީ ގޮތުން އަންހެނުން ބައިވެރިވުން އިތުރުކުރަންޖެހޭ
އަންހެނުންނަކީ ކޮބައިކަން ޔޫކޭގެ ކޯޓުން ކަނޑައަޅައިފި
މާލޭގެ އަންހެނުންގެ ހާލަތު ބަލަން ނިކުންނަނީ
ފުލުހުން ތެރޭގައި އަންހެނުން އިސްވުން މުހިންމު: ސާޖިދާ
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް
މަޖިލީހަށް ކުރިމަތިލީ އެންމެ 10 ޕަސެންޓު އަންހެނުން!
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!