06 އޮކްޓޯބަރ 2021
ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ކޮންމެ ޕީކް ސީޒަނަކާ ދިމާކޮށް އެއާޕޯޓުގެ ތާށިކަން ވަރަށް ބޮޑުވެ އެވެ. މި އަހަރުގެ ޕީކް ސީޒަން ވެސް ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް ޓޫރިސްޓުން އައިސް ރިސޯޓުތައް ފުރާލާނެ ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވިދާޅުވާ އިރު، އެ ބޭފުޅުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ މައި އެއާޕޯޓެވެ. މި އަހަރުގެ ތެރޭގައި ވެސް ބޮޑެތި މައްސަލަތަކާއި ދަތިތައް އެއާޕޯޓުން ދިމާވެފައިވާ އިރު، އެފަދަ މައްސަލަތައް ވެފައި އޮތީ ޓޫރިޒަމްގެ ތަރައްގީ އަށް އެޅިފައިވާ އެންމެ ބޮޑު ހިޔަނީގެ ގޮތުގަ އެވެ.
ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ކޮންމެ ޕީކް ސީޒަނަކާ ދިމާކޮށް އެއާޕޯޓުގެ ތާށިކަން ވަރަށް ބޮޑުވެ އެވެ. މި އަހަރުގެ ޕީކް ސީޒަން ވެސް ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް ޓޫރިސްޓުން އައިސް ރިސޯޓުތައް ފުރާލާނެ ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވިދާޅުވާ އިރު، އެ ބޭފުޅުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ މައި އެއާޕޯޓެވެ. މި އަހަރުގެ ތެރޭގައި ވެސް ބޮޑެތި މައްސަލަތަކާއި ދަތިތައް އެއާޕޯޓުން ދިމާވެފައިވާ އިރު، އެފަދަ މައްސަލަތައް ވެފައި އޮތީ ޓޫރިޒަމްގެ ތަރައްގީ އަށް އެޅިފައިވާ އެންމެ ބޮޑު ހިޔަނީގެ ގޮތުގަ އެވެ.
އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ފިރާގު ވިދާޅުވީ ޕީކް ސީޒަންގައި ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ އިތުރުން ގެސްޓްހައުސްތައް ވެސް ފުލްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެއާޕޯޓުގެ މައްސަލަތަކަށް އަވަސް ހައްލެއް ނުގެނެސްފި ނަމަ، ޓޫރިސްޓުން އެއާޕޯޓުން ރިސޯޓަށް ގެންދިއުމުގައި ބޮޑެތި ޑިލޭތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، މިއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ ކަމަށާއި މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށެވެ.
އެއާޕޯޓުގައި ޓޫރިސްޓަކު މަޑުކޮށްލައިގެން. ފުރަން ގޮސް ތިބޭ ޓޫރިސްޓުންނަށް އެއާޕޯޓުގައި ތިބެން އޮންނަނީ ވަރަށް ކުޑަ ޖާގައެއް--ފޮޓޯ:މިހާރު
"މި ވަގުތު ގާތްގަނޑަކަށް 38 އެއާލައިން އިން ދަތުރު އެބަ ކުރޭ. ޕީކް ސީޒަންގައި އެ އަދަދު 45 އަށް އިތުރުވާނެ ކަމަށް ބެލެވޭ. އެއާ އެކު އަނެއްކާ ވެސް އެއާޕޯޓު އިތުރަށް ތޮއްޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ، މިހާރު ވެސް އެއާޕޯޓުގެ ހިދުމަތް ދެނީ ކެޕޭސިޓީ އަށް ވުރެ ތިރީހަކަށް ޕަސެންޓް އިތުރަށް ކަމަށާއި ކުރިއަށް އޮތް ދެ މަސް ދުވަހު އަސްލު ކެޕޭސިޓީ އަށް ވުރެ ހިދުމަތް ދޭން ޖެހޭ ވަރު 50 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ.
މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އޭގެ ސަބަބުން އެއާޕޯޓުގެ ކިއޫތައް ދިގުވެ، ޑިޕާޗާ ޓާމިނަލުން ބޭރުގައި ވެސް މީހުން ތިބެން ޖެހުނެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވުމާ ގުޅިގެން މިފަދަ މަންޒަރުތަކެއް ފެނުމުގެ ފުރުސަތުތައް ބޮޑެވެ.
ސީޕްލޭން އޮޕަރޭޓަރެއް "މިހާރު" އަށް ވިދާޅުވީ، އެއާޕޯޓްގެ ތާށި ކަމާ ހެދި ސީޕްލޭން އޮޕަރޭޝަނަށް ވަރަށް ބޮޑަށް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.
"ގާތްގަނޑަކަށް 45 މިނެޓް ނަގާ ފްލައިޓުތައް މަތީގައި ހޯލްޑްކޮށްގެން. މިހާރު ވެސް 40 ވަރަކަށް ސީޕްލޭން ދަތުރު އެބަކުރަން. ފްލައިޓް ޖެއްސުން ލަސްވާ ވަރަކަށް ސީޕްލޭން ޝެޑިއުލް ދަތުރުތަކަށް ވެސް ޑިލޭތައް އާދޭ. ޕީކް ސީޒަންގައި އިތުރަށް ބާރު ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގައި ފުރަން ގޮސް ތިބި ބައެއް ޓޫރިސްޓުން. އެއާޕޯޓުގެ މައްސަލަތަކަށް އަވަސް ހައްލު ބޭނުންވާ ކަމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ގަބޫލުކުރޭ--ފޮޓޯ:މިހާރު
ފްލައިޓުތައް ޖެއްސުން ލަސްވުމުގެ ސަބަބުން ސީޕްލޭންތަކަށް ވެސް ވަރަށް ބޮޑު ޑިލޭއެއް އާދެ އެވެ. އެހެންވެ ދުވާލެއްގެ މައްޗަށް ޝެޑިއުލްކޮށްފައި އޮންނަ ގޮތަށް ދަތުރުތައް ކުރަން އުނދަގޫވެ އެވެ. އޭނާ ވިދާޅުވީ، މި އުނދަގޫތައް "ސުޕަ ސަންޑޭ"ތަކުގައި އިތުރު ކަމަށެވެ.
ލަކްސް މޯލްޑިވްސް ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކޮލިޓީގެ މަގާމުގައި ހުންނެވި އަފީފު ހުސެއިން ވިދާޅުވީ، ނޮވެމްބަރާއި ޑިސެމްބަރު މަހުގެ 70 ޕަސެންޓަށް ބުކިން ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރޭ އެއްގޮތަށް މި އަހަރު ވެސް ލަކްސް ސައުތު އަރި އެޓޯލް އޯވާ ބުކްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕީކް ސީޒަންތަކުގައި އެއާޕޯޓުގެ ތާށިކަން ބޮޑުވަނީ ހިދުމަތް ދޭނެ ޖާގަ ނެތުމުން ކަމަށް ބެލެވޭ ކަމަށާއި އާ ޓާމިނަލްއާ އެކު އެކަން ބަދަލުވާނެ ކަމަށް އުންމީިދު ކުރައްވާ ކަމަށެވެ. އޭނާ ވެސް ގަބޫލު ކުރައްވަނީ އެއާޕޯޓްގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ފިރާގު ވިދާޅުވީ، މި ވަގުތަށް އޮތް އެންމެ ބޮޑު ހައްލަކީ އެއާޕޯޓް 24 ގަޑިއިރަށް ބަދަލުކޮށް، ހިދުމަތް ދޭން އިތުރު މުވައްޒަފުން ހޯދަން ޖެހޭ ކަމަށެވެ. މިކަންކަމަށް އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ މިފަހަރުގެ ޕީކް ސީޒަންގައި ވެސް އެއާޕޯޓު އިތުރަށް ތޮއްޖެހޭނެ ކަމަށް ދާއިރާގެ ފަރާތްތަކުން ބުނެ އެވެ.
މި މަހުގެ ކުރީކޮޅާ ހަމައަށް އެއާޕޯޓުގެ ތޮއްޖެހުން އިތުރަށް ބޮޑުވެ ފުރަން ގޮސް ތިބޭ މީހުންގެ ކިއޫތައް ޑޮމެސްޓިކް ޓާމިނަލްއާ ހަމައަށް ގޮސްފައިވެ އެވެ. ރިސޯޓެއްގެ ރެޕަކު ބުނީ މި ވަގުތު އަނެއްކާ ވެސް ކިއޫތައް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އޭނާ ބުނީ ކިއޫ އަށް އަރާ މީހުންގެ އަދަދު މަދުވީ، އެއާޕޯޓުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ނޫން ކަމަށާއި ރާއްޖެ އަށް ކަރަންޓީނަށް އަންނަ ޓޫރިސްޓުން މަދުވުމުން ކަމަށެވެ. އެހެންކަމުން ޕީކް ސީޒަނަށް އަނެއްކާ ވެސް އެއާޕޯޓުގެ ތާށިކަން އިތުރުވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭނާ ބުނީ އެއާޕޯޓް ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ނުގެނެވެނީ އެއާޕޯޓު ކުޑަވެގެން ކަމަށެވެ.
"އަސްލު ޗެކިން އޭރިއާ ވަރަށް ކުޑަ. މިސާލަކަށް ފަސް އެއާލައިން އިން އެއް ފަހަރާ ޗެކިން ފެށީމަ އެތަން އެއްކޮށް އޮންނާނީ ފުރިފައި. އާ ޓާމިނަލް ނާންނަނީސް އެއާޕޯޓުގެ މައްސަލަތަކަށް ހައްލެއް ނެތް،" އޭނާ ބުންޏެވެ.
އާސީޒަނަށް ރިސޯޓްތައް ފުރާލާއިރު މައި އެއާޕޯޓް އެއީ އެންމެ މުހިންމު ތަނެކެވެ. އެތަނުގެ ހިދުމަތްތައް ރަނގަޅުވުން އެއީ ކޮންމެހެން މުހިންމު ކަމެކެވެ. އެކަމަކު ވީއައިއޭ އިން ދާދިފަހުން ފެނުނު މަންޒަރުތަކާއި ކުރީގެ ޕީކް ސީޒަންތަކުގައި ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، ޓޫރިސްޓުން އެދޭ ވަރުގެ ހިދުމަތެއް ލިބުމުގެ ހުރަހަކަށް އެއާޕޯޓް ވުމުގެ ފުރުސަތު ބޮޑެވެ. އެކަން ހައްލުކުރަން ޖެހެ އެވެ.
މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވެނީ ރޭގަނޑު
ރިސޯޓްތަކާއި އެއާޕޯޓަށް ބާރު ބޮޑުވެއްޖެ
އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓަަކަށް ވެލާނާ އެއާޕޯޓް
ޓޫރިޒަމް އިންޑަސްޓްރީ ހާސްކަމެއްގެ ތެރޭގައި
ފަތުރުވެރިން ދަތުރުކުރާ ލޯންޗްތައް ޗެކް ކުރަން ފަށައިފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ