Roadha Mihaaru
ޕްލެޔާ ޕްރޮފައިލް: ސުނިލް ޗެތުރީ - އިންޑިއާ

ޕްލެޔާ ޕްރޮފައިލް: ސުނިލް ޗެތުރީ - އިންޑިއާ

30 ސެޕްޓެމްބަރ 2021

އިންޑިއާ އިން ދަނީ ސްކޮޑް ޒުވާން ކުރަމުން އެ ގައުމުގެ އާ ޖީލަށް ފުރުސަތު ދެމުންނެވެ. ނަމަވެސް އެ ޓީމުގައި ބަދަލު ނުވެ ހުރި ކުޅުންތެރިޔަކީ ކެޕްޓަން ސުނިލް ޗެތުރީ އެވެ. އިންޑިއާގެ ފުޓުބޯޅަ އައިޑޮލް އަކީ އޭނާ އެވެ. ކްރިކެޓުގެ ބޮޑު ފޯރިއެއް އޮތް އިންޑިއާގައި އެހެން ކުޅިވަރަކުން އެންމެ މަގުބޫލް ކުޅުންތެރިޔަކީ ޗެތުރީ އެވެ.

އުމުރުން މިހާރު 37 އަހަރު ވިޔަސް ޗެތުރީގެ ފިޒިކަލް ފިޓްނަސް އިންޓަނޭޝަނަލް ފުޓްބޯޅަ އަށް ތަންދެ އެވެ. އެކަން އެގޮތުގައި ދެމެހެއްޓުމަށް ކުރިން ކުރާ މަސައްކަތްތަކަށް ވުރެ ބުރަ މަސައްކަތެއް އޭނާގެ ފިޓްނަސް ހިފެހެއްޓުމަށް ޗެތުރީ މިހާރު ކުރެ އެވެ.

ޗެތުރީ އަކީ އެކްޓިވް ކުޅުންތެރިންގެ ތެރެއިން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެ ލިސްޓްގައި ޗެތުރީ އޮތީ ދުނިޔޭގެ ދެ ވަނައިގަ އެވެ. އޭނާ އަށް ވުރެ ކުރީގައި އޮތީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޗެތުރީ ވަނީ ގައުމީ ޓީމަށް 74 ލަނޑު ޖަހައިފަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ ނުކުންނައިރު ޗެމްޕިއަންކަން ހޯދާ ވާހަކައެއް އެ ޓީމުން ނުދައްކަ އެވެ. އެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ދައްކަނީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރު ވުމަށް މި މެޗުތައް ބޭނުން ކުރާ ވާހަކަ އެވެ.